ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ފުވައްމުލަކު އަތޮޅު ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަން ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މަޤާމް: |
މަސައްކަތު (ކޮންޓްރެކްޓް) |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މުސާރައާއި އެލަވަންސް: |
މަހަކު -/4،100 ރުފިޔާ (ހަތަރުހާސް އެއްސަތޭކަ ރުފިޔާ) |
މަޤާމުގެ ޝަރުޠު: |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އުމުރުން 65 އަހަރުން މަތީގެ މީހަކުކަމުގައި ނުވުން. |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1. އަތޮޅު ކައުންސިލުން ބަލަހައްޓާ ސަރަހައްދުތަކުންނާއި ތަންތަނުން ކުނިނަގައި ސާފުކޮށް ބެލެހެއްޓުން. 2. އަތޮޅު ކައުންސިލުން ބަލަހައްޓާ ތަންތަނުގެ ޑިއުޓީ ކުރަންޖެހޭ ހާލަތްތަކުގައި ޑިއުޓީ އުސޫލުން މަސައްކަތް ކުރުން. 3. އަތޮޅު ކައުންސިލުން ބަލަހައްޓާ ސަރަހައްދުތަކާއި، ތަންތަނަށް ކުނިއަޅާ ފަރާތްތައް ބެލުމާއި، އެކަން ހުއްޓުވުމާއި، އެމީހުންނާބެހޭ މަޢުލޫމާތު ކައުންސިލް އިދާރާއަށް ހުށަހެޅުން. 4. އަތޮޅު ކައުންސިލުން ސާފުކޮށް ބަލަހައްޓާ ތަންތަނާއި ސަރަހައްދުތަކުގެ ވިނަ ނޮޅައި ސާފުކުރުން. |
ޢިނާޔަތްތައް: |
މި މަޤާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ އެލަވަންސް ލިބޭނެއެވެ. |
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް: |
- ވަޒީފާގެ ދާއިރާގެ ޓެކްނިކަލް މަޢުލޫމާތު ލިބިފައިވުން. - މީހުންނާ މުޢާމަލާތުކުރުމުގެ ހުނަރާއި ތަޖުރިބާ ލިބިފައިވުން. - މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން. |
ހުށަހަޅަންޖެހޭ ތަކެތި: |
1. މަޤާމަށް އެދި ހުށަހަޅާ ސިޓީ. 2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ. 3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. 4. ލިބިފައިވާ ތަޖުރިބާގެ ލިއުމުގެ ކޮޕީ. |
ސިޓީ ފޮނުވަންވީ ތާރީޚު: |
06 އޭޕްރީލް 2016 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، އަތޮޅު ކައުންސިލް އިދާރާއަށް. |
20 ޖުމާދަލްއާޚިރާ 1437 |