ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)243-S02/243/2016/5
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 17:58
ސުންގަޑި: 06 އޭޕްރިލް 2016 14:00
ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (ކޮންޓްރެކްޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ފުވައްމުލަކު ބަނދަރު ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މަޤާމް:

މަސައްކަތު (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރައާއި އެލަވަންސް:

މަހަކު -/4،100 ރުފިޔާ (ހަތަރުހާސް އެއްސަތޭކަ ރުފިޔާ)

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އުމުރުން 65 އަހަރުން މަތީގެ މީހަކުކަމުގައި ނުވުން. 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ބަނދަރު މެނޭޖުކޮށް ބެލެހެއްޓުން (ބަނދަރުތެރެއަށް އަންނަ އުޅަނދުފަހަރަށް ޖާގަ ހަމަޖެއްސުން)

2. ބަނދަރު މެނޭޖުކުރުމަށް ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ޚިލާފު ފަރާތްތައް އަތޮޅު ކައުންސިލަށް ރިޕޯޓްކުރުން.

3. ބަނދަރު ސަރަހައްދާއި ބަނދަރު ތެރެއިން ކުނިނަގައި ސާފުކޮށް ބެލެހެއްޓުން.

4. ބަނދަރަށާއި ބަނދަރު ސަރަހައްދަށް ކަރުގޮހޮރު އަޅާ ފަރާތްތައް ބެލުމާއި، އެކަން ހުއްޓުވުން.

5. ގަވާއިދާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމުގެ މަސައްކަތް އަތޮޅު ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިއުން.

6. ބަނދަރު ސަރަހައްދުގެ ޑިއުޓީކުރަންޖެހޭ ހާލަތްތަކުގައި ޑިއުޓީ އުސޫލުން މަސައްކަތްކުރުން.

7. ބަނދަރަށް ވަދެނުކުމެ ހަދާ ސަފާރީތަކަށް ޖާގަދިނުމާއި، ސަފާރިތަކުން ލިބެންޖެހޭ ފައިސާ ހޯދުން.

ޢިނާޔަތްތައް:

މި މަޤާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ އެލަވަންސް ލިބޭނެއެވެ.

މީހުން ހޮވުމުގައި ބަލާނެ ކަންކަން:

- ވަޒީފާގެ ދާއިރާގެ ޓެކްނިކަލް މަޢުލޫމާތު ލިބިފައިވުން.

- މީހުންނާ މުޢާމަލާތުކުރުމުގެ ހުނަރާއި، ތަޖުރިބާ ލިބިފައިވުން.

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ތަކެތި:

1. މަޤާމަށް އެދި ހުށަހަޅާ ސިޓީ.

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

ލިބިފައިވާ ތަޖުރިބާގެ ލިއުމުގެ ކޮޕީ.

ސިޓީ ފޮނުވަންވީ ތާރީޚު:

2016 އެޕްރީލް 6 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، އަތޮޅު ކައުންސިލްގެ އިދާރާއަށް.

20 ޖުމާދަލްއާޚިރާ 1437

 

29 މާރިޗު 2016