ވަޒީފާގެ ފުރުޞަތު
ނަންބަރު: TENDER/AS/2016/008
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 16:37
ސުންގަޑި: 17 އޭޕްރިލް 2016 10:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މާކެޓިންގ ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 އަންދާސީހިސާބު ހޯދަން ބޭނުންވެއްޖެ

މި ކުންފުނީގެ ފަރާތުން ދެމުންގެންދާ ހުސްނުވާ އާސަންދަ ސްކީމުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށްޓަކައި ކުރެވުނު އިޢުލާން ނަންބަރު TENDER/AS/2016/004 އަށް އެކަށީގެންވާ ވަރަށް އަންދާސީހިސާބު ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ. އެ ފަރާތެއްގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މަޖައްލާ / އޮންލައިން ނޫހުގައި ކުންފުނިން ބޭނުންވާ ޚަބަރުތައް ޝާއިޢުކުރުމާއި، އިޝްތިހާރު ޖެހުމާއި، ސްކީމާ ގުޅޭ ލިޔުންތައް ޝާއިޢުކޮށް، ޕޯސްޓަރު ހަދައި، ފޮޓޯ ނެގުމާއި އެނިމޭޓެޑް ކްލިޕްތައް ޝާއިޢުކޮށް، ކުންފުނީގެ ޚާއްޞަ އިންޓަރވިއުތައް ހިމެނުން އެކުލެވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އެޕްރީލް 10 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އެޕްރީލް 17 ވަނަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މި ކުންފުނީގެ ކޮންފަރެންސްރޫމުގައެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނިން އިރުޝާދު ދޭ ގޮތަކަށެވެ.

ޕްރޮކިޔުމެންޓް ޔުނިޓް

ފެން ބިލްޑިންގ، 3 ވަނަ ފަންގިފިލާ، އަމީނީ މަގު، މައްޗަންގޮޅި، 20375، މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]      ވެބްސައިޓް: www.aasandha.mv

ފޯން:   3011418 960+        ފެކްސް: 3013636 960+

31 މާރިޗު 2016