މަސައްކަތް
ނަންބަރު: HDC (161)-A/IU/2016/31
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 16:31
ސުންގަޑި: 25 އޭޕްރިލް 2016 13:00
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޝީޓްޕައިލް ޖެހުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މިކޯޕަރޭޝަނުން ތަރައްްޤީ ކުރަމުންދާ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދެކުނުފަރާތުން ގާތްގަނޑަކަށް 1235 މީޓަރުގެ ސަރަޙައްދެއްގައި ޝީޓްޕައިލް ޖެހުމަށްޓަކައި ކުރަންޖެހޭ ތިރީގައިމިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު HDC (161)-A/IU/2016/18 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާނު ކުރަމެވެ.

- ޑިޒައިންކުރުން

- ޑީޓެއިލް ކުރެހުންތައް ތައްޔާރުކުރުން

- ބީއޯކިއު ތައްޔާރުކުރުން

- ސްޕެސިފިކޭޝަންސް ތައްޔާރުކުރުން

ވީމާ، މި މަސައްކަތްތައް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 އެޕްރީލް 2016 ވާ ދުވަހުގެ 13:00 އަށް ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަންގެ މައިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 އެޕްރީލް 2016 ވަނަ ދުވަހުގެ 13:00 އަށް (ބިޑް ޑޮކިއުމެންޓްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު) ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަންގެ މައިއޮފީހުގެ މީޓިންގރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގއަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

މިބިޑް ޑޮކިއުމެންޓް މި ކޯޕަރޭޝަންގެ ވެބްސައިޓް http://hdc.com.mv/announcements އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ އެޗް.ޑީ.ސީގެ 3355144 ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

22 ޖުމާދަލްއާޚިރާ 1437

31 މާރިޗު 2016