މަސައްކަތް
ނަންބަރު: (IUL)13-K1/13/2016/53
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 16:16
ސުންގަޑި: 21 އޭޕްރިލް 2016 13:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޓެކްނިކަލް އެސިސްޓެންޓް އޮފް ސްވަރޭޖް ފެސިލިޓީސް އިން ފައިވް (5) އައިލެންޑްސް

ޕްރޮޖެކްޓް ނަންބަރު: TES/2016/C-004

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ޓެކްނިކަލް އެސިސްޓެންޓް އޮފް ސްވަރޭޖް ފެސިލިޓީސް އިން ފައިވް (5) އައިލެންޑްސް، ދިވެހިރާއްޖެ

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ގެ ލޯނު އެހީގައި ދިވެހިސަރުކާރާ ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.) ގެ ފަރާތުން ކ. ހިންމަފުށި، ހދ. ނޮޅިވަރަންފަރު، ޅ. ނައިފަރު، ކ. ތުލުސްދޫ އަދި ތ. ވޭމަންޑޫގައި ނަރުދަމާ ނިޒާމު ޤާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ފަންނީ ލަފާ ދިނުމަށާއި ޕްރޮޖެކްޓް ރާވައި ހިންގުމަށްޓަކައި ޓެކްނިކަލް އެސިސްޓެންޓެއް އައްޔަން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި:

  • ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ސައިޓުތަކަށް ޒިޔާރާތްކޮށް މަސައްކަތް ހިނގާނުހިނގާގޮތް ބެލުމާއެކު ކަމާގުޅޭ ލަފާދިނުން.
  • ރަށްރަށުގައި ޤާއިމު ކުރެވޭ ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ޑިޒައިންކޮށް މަޝްރޫޢުތަކުގެ ބިޑިންގ ޑޮކިއުމަންޓާއި ކޮންޓްރެކްޓް ޑޮކިއުމަންޓް ތައްޔާރު ކުރުމާއެކު، ކަމާ ގުޅޭ ރިޕޯޓުތައް އެކުލަވައިލުން.
  • ފީސިބިލިޓީ އެސެސްމަންޓާއި ސްކޯޕިންގ ހެދުމުގައި ބޭނުންވާ ފަންނީ ލަފާދިނުން.
  • ސައިޓް ވިޒިޓާއި ސާރވޭ ދަތުރުތަކުގައި މުވައްޒަފުންނަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުން.
  • މަޝްރޫޢުގެ ޓެންޑަރިންގއާއި ޕްރޮކިއުމަންޓް އަދި ކޮންޓްރެކްޓް ނެގޯސިއޭޝަންގެ މަރުޙަލާގައި ބޭނުންވާ ލަފާދިނުން.
  • ސަރުކާރަށާއި ކަމާބެހޭ ފަރާތްތަކަށް ބޭނުންވެއްޖެ ހިނދެއްގައި މަޝްރޫޢާ ގުޅިގެން، ހުށަހަޅަންޖެހޭ ފައިނޭންޝިއަލް ޕްލޭނާ ޕްރޮޖެކްޓް އެކްޓިވިޓީ ތައްޔާރު ކުރުމުގައި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ބޭނުންވާ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުން.
  • ޕްރޮޖެކްޓާ ގުޅިގެން ތައްޔާރު ކުރެވޭ ރިޕޯޓުތަކާއި ލިޔެކިޔުންތައް ރިވިއުކޮށް އިވެލުވޭޓް ކުރުން.
  • މަޝްރޫޢާ ގުޅިގެން ކުރިއަށްދާ ރިވިއު މިޝަންތަކުގައާއި ކޮމެޓީ ބައްދަލުވުންތަކުގައި ބައިވެރިވުން.
  • މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީންނާއި އަދި އެހީދޭ ފަރާތްތަކަށް ބޭނުންވެލައްވާ ރިޕޯޓު (ވާރކްޕްލޭން، ޕްރޮޖެކްޓް ރިވިއު ރިޕޯޓު، ޕްރޮގްރެސް ރިޕޯޓް، ކްއަރޓަލީ ރިޕޯޓް) ފަދަ ލިޔެކިޔުންތައް ތައްޔާރު ކުރުމުގައި ޕްރޮޖެކްޓް މެނޭޖްމަންޓަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  • މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ ޕްރޮޕޯޒަލާއި ކޮންސެޕްޓް ޑިޒައިން ތައްޔާރު ކުރުމުގައި ބޭނުންވާ އިރުޝާދާއި ލަފާދިނުން.
  • ޕްރޮޖެކްޓް މެނޭޖަރުގެ ފެންވަރަށް ސެކްޓަރުގެ ދެ މުވައްޒަފަކު ތަމްރީނު ކުރުން.
  • މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ކަމާ ގުޅުންހުރި މުވައްޒަފުނަށް ޕްރޮޖެކްޓާ ގުޅޭގޮތުން ދޭންޖެހޭ އޮރިއެންޓޭޝަނާއި ޓްރޭނިންގ ވާރކްޝޮޕްތައް އިންތިޒާމުކޮށް ރާވައި ހިންގުން.
  • ޕްރޮޖެކްޓް އިވެލުވޭޓްކޮށް މޮނިޓަރ ކުރުމުގައި ޢަމަލީގޮތުން ބައިވެރިވުން.
  • ކޮންޓްރެކްޓަރުން ހުށަހަޅާ އޮޕަރޭޝަން އެންޑް މެއިންޓެނަންސް މެނުއަލް ރިވިއުކޮށް ބަދަލެއް ގެންނަންޖެހިއްޖެ ހިނދެއްގައި ބޭނުންވާ އިރުޝާދު ދިނުން.
  • މީގެއިތުރުން ވެސް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ކުރިއަށް ގެންދެވޭ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ ލަފާ ޒިންމާދާރު ގޮތެއްގައި ފޯރުކޮށްދިނުން.

 ޝަރުޠު:

  • ސިވިލް ނުވަތަ އެންވަޔަރަންމަންޓަލް އިންޖިނިއަރިންގ (ވޯޓަރ ސަޕްލައި އެންޑް ސެނިޓޭޝަން އިލެކްޓިވް ސަބްޖެކްޓްސް) ގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުން.
  • ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ޑިޒައިން ކުރުމުގައާއި މަޝްރޫޢުތައް ރާވައި ހިންގުމުގައި މަދުވެގެން 15 (ފަނަރަ) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ މަޝްރޫޢުތައް ރާވައި ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
  • ރަށްފުށުގެ ސަރަހައްދުތަކުގައި ފެނާއި ނަރުދަމާގެ މަސައްކަތްކޮށްފައި ވުމަކީ މިކަމަށް ކުރިމަތިލައްވާ ފަރާތްތައް ހޮވުމުގައި ބެލެވިގެންދާނެ ކަމެއް.
  • މައިކްރޯސޮފްޓް އޮފީސް ޕެކޭޖް އަދި ފެނާއި ނަރުދަމާގެ ޑިޒައިންގ ސޮފްޓް ވެއަރތަކަށް އަހުލުވެރިވެފައިވުން.
  • ފަރިތަކަމާއެކު އިނގިރޭސިބަހުން މުޢާމަލާތް ކުރުމާއި ޕްރެޒެންޓޭޝަން ދިނުމާއި އަދި ނެގޯޝިއޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.
  • ރާއްޖޭގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމަކީ މިކަމަށް ކުރިމަތިލައްވާ ފަރާތްތައް ހޮވުމުގައި ބެލެވިގެންދާނެ ކަމެއް.  

މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއި ކުރެވޭނީ 1 (އެކެއް) އަހަރުދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއްގައެވެ. އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ބޭނުންވެއްޖެނަމަ މަސައްކަތުގެ ފެންވަރަށް ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވިދާނެއެވެ. 

މި މަސައްކަތަށް ޕްރޮޕޯޒަލް ހުށަހަޅަން ޝައުޤުވެރިވާ ފަރާތްތަކުން 31 މާރިޗު 2016 އިން 21 އެޕްރީލް 2016 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް، ތިރީގައިވާ އެޑްރެހަށް ލިޔުމަކުން ހުށަހެޅުމުން ޕްރޮޕޯޒަލް ހުށަހެޅުމަށް ރަޖިސްޓަރީ ކޮށްދެވޭނެއެވެ. އަދި މި މަސައްކަތުގެ ބީލަންފޮތް (ޓާރމްސް އޮފް ރިފަރެންސް) 31 މާރިޗު 2016 އިން 21 އެޕްރީލް 2016 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް މި މިނިސްޓްރީން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  ގައިވެސް ބީލަންފޮތް ޝާއިޢުކުރެވިފައިވާނެއެވެ.

  • ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތަށް އެދި ހުށަހަޅާ ސިޓީއާއެކު ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރު އަދި ޓީ.އޯ.އާރ ގައި ބަޔާން ކުރެވިފައިވާ ގޮތަށް "ފައިނޭންޝިއަލް ޕްރޮޕޯޒަލް" 25 އެޕްރީލް 2016 ދުވަހުގެ 11:00 ގެ ނިޔަލަށް ތިރީގައިވާ އެޑްރެހަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުން އެދެމެވެ.

    ޓެންޑަރ އިވެލުއޭޝަން ސެކްޝަން

    މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

    އަމީނީމަގު،

    މާލެ، ދިވެހިރާއްޖެ،

    ޓެލެފޯން: 3349107 ، 3349106

    ފެކްސް: 3320706 ، 3324432

    އީމެއިލް: [email protected]

         [email protected]

31 މާރިޗު 2016