ދިވެހިރާއްޖެ
އިޢުލާން
ބިން ކުއްޔަށް ދޫކުރުން
އެކިއެކި ވިޔަފާރި ކުރުމަށްޓަކައި މިރަށުން 08 ބިމެއް ކުއްޔަށް ދޫކުރުމަށް ކުރެވުނު މި އިދާރާގެ ނަންބަރު401-IUL(MU)/2016/19 (15 މާރިޗު 2016) އިޢުލާނާ ގުޅިގެން ފޯރުކޮށްދެވިފައިވާ މަޢުލޫމާތުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަ ކުރެވޭތީ، އެއިޢުލާން ބާޠިލުކޮށް، އަލުން މިބިންތައް ކުއްޔަށް ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
- ބިން ކުއްޔަށް ދޫކުރުމުގައި ތިރީގައިމިވާ ކަންތައްތަކަށް ބެލޭނެއެވެ.
 
1- މިހާރު ބިމެއް ލިބިފައިވާ ފަރާތްތަކަށާއި، ލިބިފައިވާ ބިން ވަކިކޮށްފައިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
2- އެއްވެސް ފަރާތަކަށް އެއް ބިމަށްވުރެ ގިނަ ބިމެއް ދުލެއް ނުކުރެވޭނެއެވެ. ނަމަވެސް ކޮންމެ ބިމަކަށްވެސް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.
3- އިތުރު ތަފުސީލު މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަތުމުން ލިބޭނެއެވެ.
- ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތަފުސީލު
 
| 
 ބިމުގެ #  | 
 ބިންއޮތް ތަން  | 
 ބިމުގެ ބޮޑުމިން  | 
 ކުއްޔަށްދޭ ބޭނުން  | 
| 
 17  | 
 ހުރަވީމަގުގެ އުތުރުފަޅީގައި، ނައިރާ އިންޖިނިއަރިންގގެ ހުޅަގުފަރާތުގައި  | 
 2000 އަކަފޫޓު  | 
 ޢާންމު ވިޔަފާރިކުރުމަށް  | 
| 
 18  | 
 ހުރަވީމަގު އުތުރުފަޅީގައި، 17 ނަންބަރު ބިމުގެ ހުޅަގުފަރާތުގައި  | 
 2000 އަކަފޫޓު  | 
 ޢާންމު ވިޔަފާރިކުރުމަށް  | 
| 
 19  | 
 ޝަހީދުޢަލީ މަގުގެ ދެކުނުފަޅީގައި، 14 ނަންބަރު ބިމުގެ ހުޅަގުފަރާތުގައި  | 
 2000 އަކަފޫޓު  | 
 ޢާންމު ވިޔަފާރިކުރުމަށް  | 
| 
 21  | 
 ޝަހީދުޢަލީ މަގުގެ ދެކުނުފަޅީގައި، 19 ނަންބަރު ބިމުގެ ހުޅަގުފަރާތުގައި  | 
 2000 އަކަފޫޓު  | 
 ޢާންމު ވިޔަފާރިކުރުމަށް  | 
| 
 22  | 
 ނަފާގޯޅީގެ އުތުރުފަޅީގައި، 23 ނަންބަރު ބިމުގެ ހުޅަނގު ފަރާތުގައި  | 
 2150 އަކަފޫޓު  | 
 ތެޔޮ ވިއްކުމަށް  | 
| 
 23  | 
 ނަފާގޯޅީގެ އުތުރުފަޅީގައި، 22 ނަންބަރު ބިމުގެ އިރުމަތި ފަރާތުގައި  | 
 2150 އަކަފޫޓު  | 
 ޢާންމު ވިޔަފާރިކުރުމަށް  | 
| 
 24  | 
 ސިރާޖުއްދީނުމަގުގެ އިރުމަތިފަޅީގައި، އުއްމީދު ގޯތީގެ އުތުރުގައި  | 
 1920 އަކަފޫޓު  | 
 ޢާންމު ވިޔަފާރިކުރުމަށް  | 
| 
 25  | 
 ލިލީމަގުގެ އިރުމަތި ފަރާތުގައި އޮންނަ ހުސް ބިން  | 
 1920 އަކަފޫޓު  | 
 ޢާންމު ވިޔަފާރިކުރުމަށް  | 
ވީމާ، މިބިންތައް ކުއްޔަށް ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 އެޕްރީލް 2016 (ބުރާސްފަތި) ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 އެޕްރީލް 2016 (ބުރާސްފަތި) ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލްތައް އަދި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށާއި ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތަކީ ދިވެހި ރައްޔިތަކަށް ވާންޖެހޭނެއެވެ.