ދިވެހިރާއްޖެ
އިޢުލާން
ހޯރަފުށީ ޞިއްޙީ މަރުކަޒުގައި އަޅަން ބޭނުންވާ 03 ބުރީގެ ޢިމާރާތުގެ ޑީޓެއިލް ޑްރޯވިންގ ތައްޔާރުކޮށްދީ، ބިލްސް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިޔު) ހަދައިދީ އަދި މިހާރު ހުރި ޢިމާރާތަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ތަފުސީލު މަޢުލޫމާތު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
ހޯރަފުށީ ކައުންސިލުން އިސްނަގައިގެން ހޯރަފުށީ ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ޚާއްޞަ މަޝްރޫޢުގެ ދަށުން، އެ މަރުކަޒުގައި އަޅަން ބޭނުންވާ 03 ބުރީގެ ޢިމާރާތުގެ ޑީޓެއިލް ޑްރޯވިންގ ތައްޔާރުކޮށްދީ (ބިލްސް އޮފް ކުއަންޓިޓީސް) ބީ.އޯ.ކިޔު ހަދައިދީ އަދި މިހާރު ހުރި ޢިމާރާތްތަކަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ތަފުސީލު މަޢުލޫމާތު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެ މަތިން ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
އަންދާސީހިސާބު ހުށަހަޅާ ފޯމު ދޫކުރުމާއި، މަޢުލޫމާތު ދިނުން |
10 އެޕްރީލް 2016 |
އާދީއްތަ |
11:00 |
އަންދާސީހިސާބު ހުށަހަޅަންޖެހޭ ސުންގަޑި |
14 އެޕްރީލް 2016 |
ބުރާސްފަތި |
11:00 |
މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އަންދާސީހިސާބު ހުށަހެޅުމަށް ބޭނުންވާ ފަރާތުގެ ސިޓީއެއް، ބަދަލުގައި ހާޒިރުވާ ފަރާތުން ހުށަހަޅަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ހާޒިރުވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެންކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. މީގެއިތުރުން އަންދާސީހިސާބު ހުށަހަޅަން ބޭނުންވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ، ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ އަދި ފަރުދުންގެ ވިޔަފާރި ރަޖިސްޓްރޭޝަން ސެޓުފިކެޓު ހުށަހަޅަންވާނެއެވެ. އަދި އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 ޖުމާދަލްއާޚިރާ 1437