މަސައްކަތް
ނަންބަރު: (IUL)SH-FAH-RM/SH-FAH/2016/9
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 10:38
ސުންގަޑި: 07 އޭޕްރިލް 2016 13:30
ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ށ.ކޮމަންޑޫ ޞިއްޙީމަރުކަޒުގެ އެމްބިއުލާންސް މަރާމާތު ކުރުމާބެހޭ

އިޢުލާން

ށ.ކޮމަންޑޫ ޞިއްޙީމަރުކަޒުގެ އެމްބިއުލާންސް މަރާމާތު ކުރުމާބެހޭ

ށ.ކޮމަންޑޫ ޞިއްޙީމަރުކަޒުގެ އެމްބިއުލާންސްގެ މަރާމާތުތަކެއް ކުރުމަށް ކުރި ހޮސްޕިޓަލް ނަންބަރު: (IUL)SH-FAH-RM/SH-FAH/2015/37 (21 ޑިސެންބަރު 2015) އިޢުލާނު ބާޠިލުކޮށް، އެމަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް، ނުވަތަ ށ.އަތޮޅު ހޮސްޕިޓަލަށް ނުވަތަ ށ.ކޮމަންޑޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ނުވަތަ ށ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ ށ.ކޮމަންޑޫ ޞިއްޙީމަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

22 ޖުމާދަލްއާޚިރާ 1437

31 މާރިޗު 2016