މަސައްކަތް
ނަންބަރު: FSM-ADV-2016/018
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 09:35
ސުންގަޑި: 06 އޭޕްރިލް 2016 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ހިއުމަން ރިސޯސް މެނޭޖްމަންޓް ސޮފްޓްވެއަރއެއް ތައްޔާރު ކުރުމަށް

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުނީގައި ބޭނުން ކުރުމަށް ހިއުމަން ރިސޯސް މެނޭޖްމަންޓް ސޮފްޓްވެއަރއެއް ތައްޔާރު ކުރުމަށް ބޭނުންވެގެން ކުރެވުނު އިޢުލާނު (ނަންބަރު: FSM-ADV-2016/015) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެއިޢުލާނު ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 14:00 އަށް އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331453 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

28 މާރިޗު 2016