މަސައްކަތް
ނަންބަރު: (IUL)56-CAS/1/2016/8
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 15:22
ސުންގަޑި: 07 އޭޕްރިލް 2016 11:00
ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ފޮޓޯކޮޕީމެޝިންތައް ކޮންޓްރެކްޓް އުސޫލުން 1 އަހަރުދުވަހަށް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ކުތުބުޚާނާގައި ބޭނުންކުރާ ތިރީގައިވާ ފޮޓޯކޮޕީމެޝިންތައް ކޮންޓްރެކްޓް އުސޫލުން 1 އަހަރުދުވަހަށް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

01 ފޮޓޯކޮޕީ މެޝިން  (Toshiba e-studio 2505H)

01 ފޮޓޯކޮޕީ މެޝިން  ( Toshiba e-studio - 163)

ވީމާ، މި ކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 އޭޕްރީލް 7 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ކުތުބުޚާނާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޭޕްރީލް 12 ވާ އަންގާރަ ދުވަހުގެ 11:00 އަށް ޤައުމީ ކުތުބުޚާނާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުއްވުމަށް ވަޑައިގަންނަވަންޖެހޭ ޤައުމީ ކުތުބުޚާނާގެ އެޑްރެސް ތިރީގައި މިވަނީއެވެ.

ޤައުމީކުތުބުޚާނާ (މިއުޒިއަމް ބިލްޑިންގ އޭ ބްލޮކް)

މެދުޒިޔާރަތް މަގު، މާލެ (ސަލްޓަން ޕާރކް އިރުއުތުރު ކަންމަތި) 

29 މާރިޗު 2016