ދިވެހިރާއްޖެ
އިޢުލާން
ސަވައިވަލް ސެންޓަރުގައި އާޖެންޓްކޮށް ކުރަން ހުރި މަރާމާތު
މި ސެންޓަރުން ކުރި ނަންބަރު: އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާތީ، 153-CMS/2016/04 އެ އިޢުލާން ބާޠިލުކޮށް، އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިސެންޓަރުގައި ހިންގާ ކޯސްތަކުގެ ޕްރެކްޓިކަލް ޓްރެއިނިންގތައް ބާއްވާ ސަވައިވަލް ކޮމްޕްލެކްސް/ވިލިނގިލީގައި ތިރީގައިވާ މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
1- ލައިފްބޯޓް ނަގާ ތިރިކުރާ ޑެވިޓުގައި ހަލާކުވެފައިވާ ދަގަނޑުބައި ކަނޑާނަގައި އާ ބައެއް ހަރުކުރުމާއި ވެލްޑިންގ ކުރުން
2- މި ސަޕޯޓްގައި ހަރުކޮށްފައިވާ ސޭފްޓީ ޕިން (ދަގަނޑު ލީވަރ) މަރާމާތު ކުރުން
3- ޑެވިޓްގެ ތިރީ ފައުންޑޭޝަންގައި ތުނިވެފައިވާ ތަންތަން ކަނޑާނަގައި އާ ޕްލޭޓް ވެލްޑިންގ ކުރުން
4- ޑެވިޓުގައި އިލެކްޓްރިކް ވޯޓަރޕްރޫފް ލައިޓެއް ހަރުކޮށް ވައިރުކުރުމާއި، ކަރަންޓު ގުޅައިދިނުން
5- ބޯޓު މައްޗަށް ނަގާއިރު އޮޓޮމެޓިކުން މޯޓަރުގެ ކަރަންޓް ކެނޑޭގޮތަށް ލިމިޓް ސްވިޗެއް ހަރުކުރުން (ވޯޓަރޕްރޫފް)
6- މޫދުން އެއްގަމަށް އެރުމަށް ކީވޯލްގައި ހަރުކުރާ ސިޑި، އަޅުވައި ނެއްޓޭގޮތަށް ކީވޯލް މަތީގައި ދެ ބޯލްޓު ހަރުކުރުން
7- އަލިފާން ނިއްވުމަށް ބޭނުންކުރާ ކޮންޓެއިނަރގައި ފޫގޮސްފައިފައިވާ ތަންތަން ދަގަނޑު ޕްލޭޓް އަޅައި ވެލްޑިންގ ކުރުން
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ޢަމަލު ކުރެއްވުން އެދެމެވެ.
މަތީގައި ބަޔާން ކުރެވިފައިވާ މަސައްކަތަކާބެހޭ އިތުރު ތަފުސީލު މަޢުލޫމާތު ސާފުކުރައްވާއިރު ދެވޭނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބުތައް ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ، ކ.ވިލިނގިލީގައި ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒަށެވެ.
ތަފުސީލު |
ތާރީޚު |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
10 އެޕްރީލް 2016 |
11:00 |
އަންދާސީހިސާބު ހުށަހެޅުއްވުން |
14 އެޕްރީލް 2016 |
11:00 |
އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3390681 ނުވަތަ 3390983 ނަންބަރާ ގުޅުއްވުން އެދެމެވެ.
21 ޖުމާދަލްއާޚިރާ 1437