މަސައްކަތް
ނަންބަރު: (IUL)23-AP/1/2016/41
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 09:07
ސުންގަޑި: 05 އޭޕްރިލް 2016 10:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބައިލޮޖިކަލް އެންޑް ބިހޭވިއަރަލް ސާރވޭ 2016 ގެ ޑޭޓާ އެންޓްރީއަށް ބޭނުންވާ ސޮފްޓްވެއަރއެއް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 2 ވަނަ ބައިލޮޖިކަލް އެންޑް ބިހޭވިއަރަލް ސާރވޭ 2016 ގެ ޑޭޓާ އެންޓްރީއަށް ބޭނުންވާ ސޮފްޓްވެއަރއެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި މިނިސްޓްރީގެ ނަންބަރު (IUL)23-AP/2016/20 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2016 އޭޕްރިލް 5 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އެޕްރީލް 10 ވާ އާދީއްތަ ދުވަހު ހެނދުނު 10:00 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

20 ޖުމާދަލްއާޚިރާ 1437
29 މާރިޗު 2016