ދިވެހިރާއްޖެ
އިޢުލާން
މި ޑިޕާޓްމަންޓުން 2016 ވަނަ އަހަރު ބޭވުމަށް ހަމަޖެހިފައިވާ މޭ/ޖޫން އޭލެވެލް އިމްތިޙާނުގެ ސުވާލު ކަރުދާސް ގެންދިޔުމާއި ގެނައުމަށް ލޯންޗު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2016 މާރިޗު 2 ވަނަ ދުވަހު ކުރި ނަންބަރު (IUL)120/1/2016/10 އިއުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2016 އޭޕްރިލް 4 ވާ ހޯމަ ދުވަހުގެ 10:00 އަށް މި ޑިޕާޓްމަންޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޭޕްރިލް 6 ވާ ބުދަ ދުވަހުގެ 10:00 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި ޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ 2 ގެ 3 ވަނަ ފަންގިފިލާގައެވެ.
19 ޖުމާދަލްއާޚިރާ 1437