މަސައްކަތް
ނަންބަރު: 171-H3(PU)/IUL/2016/67
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 11:55
ސުންގަޑި:
06 އެޕްރީލް 2016 00:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކ.ތިލަފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި، އެކިއެކި ކުށުގެ ތުހުމަތުގައި ފުލުހުުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނަށް ކައްކއި ކާންދޭނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ކ.ތިލަފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި، އެކިއެކި ކުށުގެ ތުހުމަތުގައި ފުލުހުުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނަށް ކައްކައި ކާންދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި މިސަރވިސްގެ ނަންބަރު 171-H3(PU)/IUL/2016/54 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު، އަލުން އެފުރުޞަތު ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2016 މާރިޗު 31 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2016 އެޕްރީލް 06 ވާ ބުދަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަންފޮތެއްގެ އަގަކީ -/400 ރ (ހަތަރު ސަތޭކަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓްކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
- މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 އެޕްރީލް 07 ވާ ބުރާސްފަތި ދުވަހުގެ 14:30 ގައި، އިސްކަންދަރު ބިލްޑިންގގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2016 އެޕްރީލް 06 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
- ބީލަން ހުޅުވުން އޮންނާނީ 2016 އެޕްރީލް 13 ވާ ބުދަ ދުވަހުގެ 14:30 މިސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓްގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބަލައިގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
- މިސަރވިސްގެ ނަންބަރު 171-H3(PU)/IUL/2016/54 އިޢުލާނާ ގުޅިގެން ބީލަންފޮތް ގަނެފައިވާ ފަރާތްތަކުން އަލުން ބީލަންފޮތް ގަންނާކަށް ނުޖެހޭނެއެވެ. ނަމަވެސް ބިޑް ވިއްކާ މުއްދަތު ތެރޭގައި އިސްކަންދަރު ބިލްޑިންގއަށް ވަޑައިގެން ނަންނޯޓް ކުރަންވާނެއެވެ.
- ބިޑްގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް ޕްރީބިޑް ބައްދަލުވުމުގައާއި ބިޑް ހުޅުވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރި ކުރެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
- އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
29 މާރިޗު 2016