މަސައްކަތް
ނަންބަރު: (IUL)30-G/1/2016/13
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 10:10
ސުންގަޑި: 04 އޭޕްރިލް 2016 10:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ހައިޑްރޯޕޯނިކްސް ސިސްޓަމް ޤާއިމުކޮށްދިނުމާއި ސިސްސަޓަމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނޭ ފަރާތެއް ހޯދުން

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށްގެންދާ "ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމް"ގެ ދަށުން ފ. މަގޫދޫ ކޯޕަރޭޓިވް ސޮސައިޓީއާ ގުޅިގެން ފ.މަގޫދޫގައި ޤާއިމުކޮށްފައިވާ ގްރީންހައުސްގައި ހައިޑްރޯޕޯނިކްސް ސިސްޓަމެއް ޤާއިމުކޮށް ސިސްޓަމަށް ބޭނުންވާ ބައެއް އާލާތްތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IUL)30-G/1/2016/9 އިޢުލާނުގެ ދަށުން އެއްވެސް ފަރާތަކުން ބިޑު ހުށަހަޅާފައިނުވާތީ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. 

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އެޕްރީލް 4 ވާ ހޯމަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ހ.ވައިޓްވޭވް، މޫންލައިޓް ހިނގުން، ކޮންފަރެންސް ރޫމް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު 2016 އެޕްރީލް 10 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ހ.ވައިޓްވޭވް، މޫންލައިޓް ހިނގުން) އަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުޅުވޭނީ ހާޒިރުވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ދަންނަވާފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ 3341836 އަށް އޮފީސް ބަންދުވުމުގެކުރިން ގުޅުއްވުން އެދެމެވެ.

20 ޖުމާދަލްއާޚިރާ 1437

27 މާރިޗު 2016