މަސައްކަތް
ނަންބަރު: (IUL)438-ECAS/438/2016/70
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 09:49
ސުންގަޑި: 12 އޭޕްރިލް 2016 10:30
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ކުރެހުމުގެ މައުރަޒުގެ ކުރެހުންތައް ޓައިލްސްއަށް ޕްރިންޓް ކުރާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ކުރެހުމުގެ މައުރަޒުގެ ކުރެހުންތައް ޓައިލްސްއަށް ޕްރިންޓް ކުރާނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ކުރެހުމުގެ މައުރަޒުގެ ކުރެހުންތައް ޓައިލްސަށް ޕްރިންޓް ކުރާނެ ފަރާތެއް ހޯދުމަށް 10 މާރިޗު 2016 ކުރެވުނު ނަންބަރު IUL) 438-ECAS/438/2016/5) އިޢުލާނަށް އެކަށީގެންވާ ވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ތިމާވެށްޓަށް ދިވެހިރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަޤުޞަދުގައި މުޅި ރާއްޖޭގެ ސްކޫލްތަކަށް ހުޅުވާލެވިގެން ކުރެހުމުގެ މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މައުރަޒު ކުރުމަށް ހުށަހެޅޭ ކުރެހުންތައް މި މިނިސްޓްރީން ބަޔާން ކޮށްފައިވާ ޓީއޯއާރުގައިވާ ގޮތުގެ މަތިން ޓައިލްސްއަށް ޕްރިންޓްކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. އަދި މި މަސައްކަތާ ގުޅޭ ޓީއޯއާރު މި މިނިސްޓްރީގެ ވެބްސައިޓުން (www.environment.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ހުށަހަޅަންވީ ތަކެތި:

  • މަސައްކަތުގެ އަގު:
  • މަސައްކަތް ހަވާލުކުރާ ދުވަހުން ފެށިގެން މަސައްކަތް ނިންމުމަށް ނަގާނެ މުއްދަތު
  • ޓެކްނިކަލް ސްޕެސިފިކޭޝަން: މިނިސްޓްރީން ބޭނުންވާ ސްޕެސިފިކޭޝަނަށް ނުފެތޭކަމުގައިވާނަމަ ހުށަހަޅުއްވާ ސްޕެސިފިކޭޝަންގެ ތަފުސީލު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަސް ކަމުގައިވުން
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މި މަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
  • މި ފަދަ މަސައްކަތެއް ކުރިން ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން

ބީލަން ހުށަހަޅުއްވާ ސިޓީއުރައިގައި "2016 ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ކުރެހުމުގެ މަޢުރަޒުގެ ކުރެހުންތައް ޓައިލްސްއަށް ޕްރިންޓް ކުރާނެ ފަރާތެއް ހޯދުމަށް" މަޝްރޫޢާބެހޭ މިހެން ލިޔެވިފައިވާންވާނެއެވެ.

ބީލަން ހުޅުވުން އޮންނާނީ 12 އެޕްރީލް 2016 ވަނަ ދުވަހުގެ 10:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ 2 ވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، ދިވެހިރާއްޖެ

ފޯނު:   3018337  ނުވަތަ  3018300

ފެކްސް:  3018301

އީމެއިލް:  [email protected]

މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ފޮނުއްވާއިރު ސަބްޖެކްޓްގައި "2016 ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ކުރެހުމުގެ މައުރަޒުގެ ކުރެހުންތައް ޓައިލްސްއަށް ޕްރިންޓް ކުރާނެ ފަރާތެއް ހޯދުމަށް" ޖައްސަވާފައި ފޮނުއްވުން އެދެމެވެ.

28 މާރިޗު 2016