ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)431-AHP/1/2016/3
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 09:07
ސުންގަޑި: 03 އޭޕްރިލް 2016 14:00
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
ލީގަލް ޑްރާފްޓްސްމަން

އިޢުލާން

ލީގަލް ޑްރާފްޓްސްމަން

މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނާއި، މި ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތައް އިޞްލާޙުކޮށް، އައު ޤާނޫނަކާއި، ގަވާއިދުތަކެއް ހެދުމަށްޓަކައި، މި އޮތޯރިޓީގެ ލޭންޑް ސެކްޝަނަށް ލީގަލް ޑްރާފްޓްސްމަންއެއް ހޯދަން ބޭނުންވެއެވެ.

މަޤާމުގެ ޝަރުޠު

  1. މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގައި ފުލްޓައިމުކޮށް މަސައްކަތް ކުރެވޭ ވަކި ފަރުދެއްކަމުގައިވުން.
  2. ޝަރީޢަތާއި ޤާނޫނުގެ ރޮނގުން ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މި ދާއިރާއާ ގުޅޭ މަސައްކަތުގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  1. ބިމާ ބެހޭ ޤާނޫނު އިޞްލާޙުކުރުމަށްޓަކައި، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ތައްޔާރުކޮށްފައިވާ ކަރުދާސް ދިރާސާކުރުން.
  2. ބިމާ ބެހޭ ޤާނޫނު އިޞްލާހުކޮށް، އައު ޤާނޫނެއް މިނިސްޓްރީއިން ކަނޑައަޅާ ގޮތެއްގެމަތިން ޑްރާފްޓް ކުރުން.
  3. ބިމާ ބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތައް އިޞްލާހުކޮށް، އައު ގަވާއިދުތައް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެމަތިން ޑްރާފްޓް ކުރުން.
  4. ބިމާ ބެހޭ ޤާނޫނާއި، ގަވާއިދުތައް ހެދުމުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރާއި، މިކަމާ ގުޅޭ އިތުރު ފަރާތްތަކުގެ މަޝްވަރާ ހޯދުން.
  5. ބިމާ ބެހޭ ޤާނޫނާއި، ގަވާއިދުތައް ހެދުމުގައި ކުރަންޖެހޭ ދިރާސާތައް ކުރުން.
  6. ދިވެހިރާއްޖޭގެ ބިންތައް ތަރައްޤީކުރުމުގައި ދިމާވާ، އަދި މުސްތަޤުބަލުގައި ދިމާވެދާނެ މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ޙައްލުކުރާނެ ގޮތުގެ ރިޕޯޓެއް ތައްޔާރުކުރުން.
  7. ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ފެތޭގޮތަށް، ދިވެހިރާއްޖޭގެ ބިމާ ބެހޭ އައު އޮނިގަނޑެއް މިނިސްޓްރީއިން ކަނޑައަޅާ ގޮތެއްގެމަތިން ޑްރާފްޓް ކުރުން

މުސާރަ

މި މަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް މުސާރައިގެގޮތުގައި މަހަކު -/25,000 (ފަންސަވީސް ހާސް) ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

މަތީގައިވާ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ، 5 އޭޕްރީލް 2016 އިން ފެށިގެން 3 މަސްދުވަހުގެ މުއްދަތަށެވެ.  

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން،3 އޭޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 14:00  ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އަދި "ވަރކް ޕްލޭން ޝެޑިއުލް" އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ. އަދި އެޕްލިކޭޝަނާއެކު ވަނަވަރު، އައި.ޑީ ކާޑު ކޮޕީ، އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމި ސެޓުފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާއާއި ޤާބިލުކަން އަންގައިދޭ އެންމެހައި ލިޔެކިޔުންތައް ހިމަނުއްވައިދެއްވުން އެދެމެވެ. މި ވަޒީފާއާ ގުޅޭ މަޢުލޫމާތު ހިމެނޭގޮތަށް ތައްޔާރުކުރެވިފައިވާ "ޓާރމްސް އޮފް ރިފަރެންސް" (ޓީ.އޯ.އާރު) މި އޮތޯރިޓީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީ މަގު، 20329 މާލެ / ދިވެހިރާއްޖެ

ފޯނު: 3004262

ފެކްސް: 3004254

އީމެއިލް: [email protected]

ވެބްސައިޓް: www.surveyofmaldives.gov.mv

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮތޯރިޓީގެ ނަންބަރު 3004262 ނުވަތަ 3004265 އަށް ގުޅުއްވުން އެދެމެވެ. އަދި [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

18 ޖުމާދަލްއާޚިރާ 1437

27 މާރިޗު 2016