ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)25-A5/1/2016/05
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 17:02
ސުންގަޑި: 20 އޭޕްރިލް 2016 12:00
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިނިސްޓްރީއަށް، ތިރީގައިމިވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް: ޑިރެކްޓަރ

މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ

މަޤާމުގެ ރޭންކް: އީ. އެސް. 1

މުސާރަ: މަހަކު -/8،835 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ       

ބޭނުންވާ އަދަދު: 1 (އެކެއް)

ސްޕެޝަލް އެލަވަންސް: މުސާރައިގެ % 35

ޑިވިޜަން: އެމެރިކާސް، އޮސްޓްރޭލިއާ އެންޑް އޯޝަނިއާ ޑިވިޜަން 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1- ރާއްޖެއާއި އެމެރިކާސް އެންޑް އޯޝަނިއާގެ ޤައުމުތަކާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރުމާއި، މި ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރުން.

2- އެމެރިކާސް  އެންޑް  އޯޝަނިއާގެ  އެކިއެކި  ޤައުމުތަކުގައި  ހުންނަ  ރާއްޖޭގެ  މިޝަންތަކުގެ  މަސައްކަތްތައް ވިލަރެސްކުރުމާއި، އެ މިޝަންތަކުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރޭތޯ ބެލުމާއި، އެކަމާ ގުޅިގެން ތައްޔާރު ކުރަންޖެހޭ މަޢުލޫމާތު ކަރުދާސްތައް ތައްޔާރުކުރުން.

3- އެމެރިކާސް އެންޑް އޯޝަނިއާގެ ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ކަންތައްތައް ވިލަރެސްކުރުން.

4- މަސައްކަތް ހަވާލުކުރުމާއި ސުޕަވައިޒް ކުރުން:  ސުޕަވައިޒަރުގެ ލަފާގެމަތިން ޑިވިޜަނުން ކުރާ މަސައްކަތްތަކާ ގުޅޭ ކަންކަން، މުވައްޒަފުންނަށް ދުވަހުން ދުވަަހަށް ހަވާލުކުރުމާއި، ހަވާލުކުރެވޭ މަސައްކަތް އިތުބާރުކުރެވޭ ފެންވަރެއްގައި ދުވަހުން ދުވަހަށް ނިންމާތޯ ބެލުމާއި، ހަވާލުކޮށްފައިވާ އެންމެހައި މަސައްކަތް ކުރަމުންދާގޮތް ބަލައި ސުޕަވައިޒްކުރުމާއި، މުވައްޒަފުން އޮފީހުގައި ވަގުތުތައް ހޭދަކުރަނީ އޮފީހަށް އެންމެ ފައިދާހުރިގޮތަށްތޯ ބެލުން.

5- އެމެރިކާސް އެންޑް އޯޝަނިއާގެ ޤައުމުތަކުން އެހީދޭ ފަރާތްތަކުން ރާއްޖެއަށްދޭ ތަމްރީނުގެ ފުރުސަތުތަކަށް ހަމަޖެހިފައިވާ އުސޫލުން މަސައްކަތް ކުރުން.

6- ޑިވިޜަންގެ މަސައްކަތްތައް ފުރިހަމަކުރުމުގައި އެހެން ޑިވިޜަންތަކާއެކު މަސައްކަތް ކުރުން.

 

 

 

ޝަރުޠު (ތަޢުލީމާއި ތަޖުރިބާ)

 

1- މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަނޭޝަނަލް ރިލޭޝަން، ސޯޝަލް ސްޓަޑީސް، އިކޮނަމިކްސް، ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން) ފަދަ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާންކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމް: ޑިރެކްޓަރ

މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ

މަޤާމުގެ ރޭންކް: އީ. އެސް. 1

މުސާރަ: މަހަކު -/8،835 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ       

ބޭނުންވާ އަދަދު: 1 (އެކެއް)

ސްޕެޝަލް އެލަވަންސް: މުސާރައިގެ % 35

ޑިވިޜަން: އިންޓަރނޭޝަނަލް އެފެއާޒް ޑިޕާޓްމަންޓް

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1- އ.ދ ގެ ޖަލްސާތަކުގައި ރާއްޖެއިން ބައިވެރިވުމަށްޓަކައި ކުރައްޖެހޭ މަސައްކަތްތައް ކުރުން.

2- ކެނޑިޑޭޗަރ ސަޕޯޓް ރިކުއެސްޓްތައް ބަލަހައްޓައި، ދިވެހިރާއްޖެއިން ސަޕޯޓްކުރާނެ ފަރާތްތައް ކަނޑައެޅުމަށް ލަފާދިނުން.

3- ޔޫ.އެން އާބެހޭ ތަފާތު މަސައްކަތްތަކާ ބެހޭގޮތުން ބްރީފް ޕޭޕަރ ހަދައި، ޕޮޒިޝަން ޕޭޕަރ ތައްޔާރުކުރުން.

4- ޔުނައިޓަޑް ނޭޝަންސް ޖެނަރަލް އެސެމްބްލީގެ ދުވަސްވަރު ޤަރާރުތަކާއި ޕޮޒިޝަންތަކާމެދު ރިސަރޗް ހެދުމާއި، ކަރުދާސްތައް ތައްޔާރު ކުރުން.

5- މަސައްކަތް ހަވާލުކުރުމާއި ސުޕަވައިޒް ކުރުން: ސުޕަވައިޒަރުގެ ލަފާގެމަތިން ޑިވިޜަނުން ކުރާ މަސައްކަތްތައް މުވައްޒަފުންނަށް ދުވަހުން ދުވަހަށް ހަވާލުކުރުމާއި، ހަވާލުކުރެވޭ މަސައްކަތް އިތުބާރުކުރެވޭ ފެންވަރެއްގައި ދުވަހުން ދުވަހަށް ނިންމާތޯ ބެލުމާއި، ހަވާލުކޮށްފައިވާ އެންމެހައި މަސައްކަތް ކުރަމުންދާ ގޮތް ބަލައި ސުޕަވައިޒްކުރުމާއި، މުވައްޒަފުން އޮފީހުގައި ވަގުތު ހޭދަކުރަނީ އޮފީހަށް އެންމެ ފައިދާހުރި ގޮތަށްތޯ ބެލުން.

 

 

 

ޝަރުޠު (ތަޢުލީމާއި ތަޖުރިބާ)

 

1. މަޤާމު މަސައްކަތާ ގުޅޭ (އިންޓަނޭޝަނަލް ރިލޭޝަން، ސޯޝަލް ސްޓަޑީސް، އިކޮނަމިކްސް، ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ފަދަ ދާއިރާއެއް) ދާއިރާއަކުން  ދަށްވެގެން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމް:އެސިސްޓަންޓް ޑިރެކްޓަރ

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓަންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކް: އެމް. އެސް. 3

މުސާރަ: މަހަކު -/7،035 ރުފިޔާ 

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ      

ބޭނުންވާ އަދަދު: 1 (އެކެއް)

ސްޕެޝަލް އެލަވަންސް: މުސާރައިގެ % 35

ޑިވިޜަން: ޖަޕާން ޑިވިޜަން

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1- މިނިސްޓްރީން ހަމަޖައްސާ އުސޫލެއްގެމަތިން، ޖަޕާނާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

2- ޖަޕާންގެ އިންވެސްޓްމަންޓް ހޯދުމާއި، ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް މަސައްކަތްކުރުމާއި، ރާއްޖޭގެ އެކްސްޕޯޓު ކުރިއެރުވުމަށް މަސައްކަތް ކުރުން.

3- ދައުލަތުގެ އިސްވެރިން ޖަޕާނަށް ކުރައްވާ ދަތުރުފުޅުތަކާބެހޭ މަސައްކަތްތައް ކުރުން.

4- ރާއްޖެއާއި ޖަޕާނާ ދެމެދު ކުރާ އެއްބަސްވުންތަކުގެ މަސައްކަތްތައް ކުރުމާއި، ޖަޕާނުން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް މަސައްކަތް ކުރުން.

5- ޖަޕާނާ ގުޅުންހުރި މައްސަލަތަކުގެ ރިޕޯޓް، ބްރީފްސް، ޕޮޒިޝަން ޕޭޕަރ ތައްޔާރުކުރުމަށް ސުޕަވައިޒަރަށް އެހީތެރިކަން ފޯރުކޮށްދިނުން.

6- ޖަޕާނުން ލިބޭ ޓްރެއިނިންގއާއި ސްކޮލަރޝިޕް ފުރުޞަތުތައް ކަނޑައަޅާފައިވާ ސަރުކާރުގެ އޮފީސްތަކަށް ފޮނުވައި ފޮލޯއަޕްހެދުން.

7- ދިވެހިރާއްޖޭގެ ޤާނޫނާ ޚިލާފުވުމުގެ ސަބަބުން ޖަޕާންގެެ ރައްޔިތުންނާ ބެހޭގޮތުން ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަޅުއްވާ ފިޔަވަޅުތަކުގެ މަޢުލޫމާތު އެ ޤައުމަށް ސާފުކޮށްދިނުމާއި، ޖަޕާނުގެ ރައްޔިތުންނާ ގުޅިގެން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތައް ޙައްލުކޮށްދިނުމަށް ކަމާބެހޭފަރާތްތަކާއެކު ކުރަންޖެހޭ މަސައްކަތަކުގައި ސުޕަވައިޒަރަށް އެހީތެރިވުން.

 

 

 

 

 

 

ޝަރުޠު (ތަޢުލީމާއި ތަޖުރިބާ)

 

1- މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަނޭޝަނަލް ރިލޭޝަން، ސޯޝަލް ސްޓަޑީޒް، އިކޮނަމިކްސް، ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ފަދަ) ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ؛

4- މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

5- މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމް: އެސިސްޓެންޓް ޑިރެކްޓަރ  

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ 

މަޤާމުގެ ރޭންކް: އެމް. އެސް. 3

މުސާރަ: މަހަކު -/7،035 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

ބޭނުންވާ އަދަދު: 1 (އެކެއް)

ސްޕެޝަލް އެލަވަންސް: މުސާރައިގެ % 35

ސެކްޝަން: ކޮމާޝަލް ޑިޕްލޮމަސީ ޑިވިޜަން

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1- ރާއްޖެއިން ބޭރުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކާއެކު ވިލަރެސްކޮށްގެން، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ހާމަކޮށްފައިވާ، ރާއްޖޭގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމުގެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.

2- ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި، އެހެނިހެން އިދާރާތަކާ ގުޅިގެން، ރާއްޖޭގެ އުފެއްދުންތަކަށް ބޭރުގެ މާކެޓް ހޯދައިދިނުމަށް ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުން ކުރާ މަސައްކަތްތައް ވިލަރެސްކުރުން.

3- ރާއްޖޭއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ރާއްޖޭގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ރާއްޖޭގެ ޑިޕްލޮމަޓިކް މިޝަންތަކުން  ކުރާ މަސައްކަތްތައް ވިލަރެސްކުރުން.

4- މިނިސްޓްރީގެ ބައިލެޓެރަލް ޑިޕާޓްމަންޓުގެ ކަމާބެހޭ ޑެސްކްތަކާ ގުޅިގެން ދިވެހި މިޝަންތަކާއި ކޮންސިއުލޭޓްތަކުން ހިނގާ ކޮމާޝަލް ޑިޕްލޮމެސީގެ މަސައްކަތްތައް ވިލަރެސްކުރުން.

 

 

 

 

 

ޝަރުޠު (ތަޢުލީމާއި ތަޖުރިބާ)

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު؛

1- މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަރނޭޝަނަލް ރިލޭޝަން، ސޯޝަލް ސްޓަޑީސް، އިކޮނަމިކްސް، ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ނުވަތަ އިންޓަރނޭޝަނަލް ބިޒްނަސްގެ ދާއިރާއަކުން) ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމް: ސީނިއަރ ޑެސްކް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް: އެމް. އެސް. 2

މުސާރަ: މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

ބޭނުންވާ އަދަދު: 1 (އެކެއް)

ސްޕެޝަލް އެލަވަންސް: މުސާރައިގެ % 35

ޑިވިޜަން: މިޑްލް އީސްޓް ޑިވިޜަން

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1- ރާއްޖެއާއި މިޑިލްއީސްޓްގެ ޤައުމުތަކާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރުމާއި، މި ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރުން.

2- މިޑިލްއީސްޓްގެ އެކިއެކި ޤައުމުތަކުން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް މަސައްކަތް ކުރުން.

3- މިޑިލްއީސްޓްގެ ޤައުމުތަކުގައި ރާއްޖޭގެ ޑިޕްލޮމެޓިކް އޮފީސްތަކާއި، ކޮންސިއުލަރ އޮފީސްތައް ޤާއިމުކުރުމާއި، އެ ޤައުމުތަކުގެ ޑިޕްލޮމެޓިކް އޮފީސްތަކާއި، ކޮންސިއުލަރ އޮފީސްތައް ރާއްޖޭގައި ޤާއިމުކުރުމަށް މަސައްކަތްކުރުން.

4- ޑިވިޜަނުން ތައްޔާރުކުރާ މަޢުލޫމާތު ކަރުދާހާއި، ޓޯކިންގ ޕޮއިންޓް ތައްޔާރުކުރުން.

5- ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒާއި އެހެނިހެން ޢިއްޒަތްތެރިން މިޑްލް އީސްޓުގެ ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ އިންތިޒާމްތައް ހަމަޖެއްސުން.

6- މިޑިލްއީސްޓްގެ ޤައުމުތަކުން އެހީދޭ ފަރާތްތަކުން ރާއްޖެއަށްދޭ ތަމްރީނުގެ ފުރުޞަތުތަކަށް ހަމަޖެހިފައިވާ އުސޫލުން މަސައްކަތް ކުރުން: މިގޮތުން ރާއްޖެއަށް ލިބޭ ކުރު މުއްދަތުގެ ތަމްރީނުތަކާއި، ދިގު މުއްދަތުގެ ތަމްރީނުގެ ފުރުސަތުތައް، ހަމަޖެހިފައިވާ އުސޫލުގެމަތިން ކަމާބެހޭ އޮފީސްތަކަށް އަވަސްގޮތެއްގައި ފޮނުވައި، ޑެޑްލައިން ހަމަވުމުގެ ކުރިން ފޮލޯއަޕް ހެދުމާއި، އެހެނިހެން މަސައްކަތްތައް ކުރުން.

7- މިޑިލްއީސްޓްގެ ޢިއްޒަތްތެރިންނާއި، މިޑިލްއީސްޓްގެ ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިތިއްބަވާ ސަފީރުން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ކަންތައްތައް "ވިލަރެސްކުރުން"

8- މިނިސްޓްރީގެ މަސައްކަތްތައް ހިންގުމަށްޓަކައި މިނިސްޓްރީގެ ވެރިން ހަވާލުކުރައްވާ މަސައްކަތްތައް ކުރުން.

 

 

 

 

 

 

ޝަރުޠު (ތަޢުލީމާއި ތަޖުރިބާ)

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު؛

1. މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަރނޭޝަނަލް ރިލޭޝަން، ސޯސިއަލް ސައިންސް، އިކޮނަމިކްސް، ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ފަދަ)  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާންކުރެވިފައިވާ ފަދަ)  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ)  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. މަޤާމު މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމް: ޑެސްކް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: ޖީ. އެސް. 3

މުސާރަ: މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ    

ބޭނުންވާ އަދަދު: 1 (އެކެއް)

ސްޕެޝަލް އެލަވަންސް: މުސާރައިގެ % 35

ޑިވިޜަން: ޕްރޮޓޮކޯލް ޑިޕާޓްމަންޓް

 

 

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1- ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރުޤައުމުތަކުގެ ޢިއްޒަތްތެރިންގެ ދަތުރުފުޅާބެހޭ ސިޓީތައް ލިބުމުން، އެ ސިޓީތަކަށް ޖަވާބު ފޮނުވުން.

2- ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރުޤައުމުތަކުގެ ޢިއްޒަތްތެރިންނާއި މަތީ ފެންވަރުގެ ވަފުދުތަކުގެ ޕްރޮޓޮކޯލާބެހޭ ހުރިހާ ކަމެއް ކުރުން.

3- ދިވެހިރާއްޖޭގެ ޢިއްޒަތްތެރިންނާއި ވަފުދުތައް ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކާބެހޭ ހުރިހާ ކަމެއް ހަމަޖައްސައިދިނުން.

4- ބޭރު ޤައުމުތަކުން ރާއްޖެއަށް ވަޑައިގަންނަވާ އެކިއެކި ޢިއްޒަތްތެރިންނަށް ރާއްޖޭގެ ވަޒީރުންނާ ބައްދަލުކުރެއްވުމަށް އެދިވަޑައިގަތުމުން، މި ބައްދަލުކުރެއްވުންތައް އެ ބޭފުޅުންނަށް ހަމަޖައްސައިދިނުން.

5- ރައީސުލްޖުމްހޫރިއްޔާއާއި ނާއިބު ރައީސް ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި ޕްރޮޓޮކޯލްގެ ކަންތައް ކުރުން.

6- ބޭރު ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރައްވާ ވެރިންނާއި މިނިސްޓަރުންގެ ދަތުރުފުޅުތަކާބެހޭ ޕްރޮގްރާމް ތައްޔާރުކުރުން.

7- މިނިސްޓްރީން ބޭނުންވާ ހިނދެއްގައި ދިވެހިރާއްޖޭގައި ބާއްވާ އެކިއެކި ޖަލްސާ، ކޮންފަރެންސް، ސެމިނާރު، ވޯރކްޝޮޕްގައި ޕްރޮޓޮކޯލާބެހޭ ކަންތައްތައް ކުރުން.

8- ދިވެހިރާއްޖޭގެ މުހިންމު މުނާސަބަތުތައް ފާހަގަކުރުމުގައި ދިމާވާ ޕްރޮޓޮކޯލާ ގުޅޭ ކަންތައްތަކުގައި ކަމާބެހޭ ފަރާތްތަކަށް އެހީވެދިނުން.

9- މި ޑިޕާރޓްމަންޓް ނޫން އެހެން ޑިޕާޓްމަންޓެއްގެ މަސައްކަތްކުރަން ޖެހިއްޖެ ހިނދެއްގައި އެ މަސައްކަތާ ހަވާލުވެގެން ކުރިއަށް ގެންދިއުން

10- ޑިޕްކޯ ފޮތް ތައްޔާރުކޮށް އޮފީސްތަކަށާއި މިޝަންތަކަށް ފޮނުވުން.

11- ދިވެހިރާއްޖެއިން ބޭރަށް ދަތުރުފުޅުކުރައްވާ ވަފުދުތައް ފޮށިކޮޅުތައް އެއަރޕޯޓަށް ގެންގޮސް، ޗެކިންކޮށްދީ، މި ބޭފުޅުން އެނބުރި ރާއްޖެވަޑައިގަންނަވާ ދުވަހު މިބޭފުޅުންގެ ފޮށިކޮޅުތަކާ ހަވާލުވެ އެ ބޭފުޅުންނަށް ރައްދުކޮށްދިނުން.

12- ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ އައު އަހަރުގެ ތަހުނިއާ ކާޑުތަކާއި އީދުގެ ތަހުނިއާ ކާޑު ފޮނުވައިދިނުން.

13- ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި ކެބިނެޓް މިނިސްޓަރުންނަށް ބޭރު ޤައުމުތަކުން ފޮނުއްވާ ކާޑުތައް އެފަރާތްތަކަށް ރަށްދުކޮށްދިނުން.

 

 

ޝަރުޠު (ތަޢުލީމާއި ތަޖުރިބާ)

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު؛

1- މަޤާމުގެ މަސައްކަތާ ގުޅޭ (މެނޭޖްމަންޓް / އެޑްމިނިސްޓަރޭޝަން / ހިއުމަން ރިސޯސް / އިންފޮމޭޝަން ޓެކްނޮލޮޖީ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމް: ޑެސްކް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: ޖީ. އެސް. 3

މުސާރަ: މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ       

ބޭނުންވާ އަދަދު: 1 (އެކެއް)

ސްޕެޝަލް އެލަވަންސް: މުސާރައިގެ % 35

ޑިވިޜަން: ކޮންސިއުލަރ ސަރވިސް ޑިޕާޓްމަންޓް

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1- ސަރުކާރުގެ އެކި ފަރާތްތަކުން ހުށަހަޅުއްވާ ޝްރީލަންކާ، އިންޑިއާ، ސިންގަޕޫރުގައި ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑިޕްލޮމެޓިކް މިޝަނަކުން ވިސާ ހޯދުމާ ބެހޭގޮތުން ކުރަންޖެހޭ ހުރިހާކަމެއް ކުރުން.

2- ޝްރީލަންކާ، އިންޑިއާ، ސިންގަޕޫރުގައި ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑިޕްލޮމެޓިކް މިޝަނަކުން އާންމު ފަރާތްތަކަށް ބޭނުންވާ ވިސާ ހޯދުމާ ބެހޭގޮތުން ކުރަންޖެހޭ ހުރިހާކަމެއް ކުރުން.

3- ވިސާގެ މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މަޢުލޫމާތެއް ފޯރުކޮށްދިނުން.

4- މީހެއްގެ ހަވާލުގައި ޕާސްޕޯޓް އެކުލެވޭ މެއިލް ޕެކެޓެއް ލިބި، އެ މެއިލް ޕެކެޓެއް ބަލައި ދާންޖެހިއްޖެ ޙާލަތެއްގައި މެއިލްޕެކެޓް ބަލައިދިއުން.

5- ވިސާ ސްޓޭޓަސް ރިޕޯޓް ތައްޔާރުކުރުމާއި، ވިސާއާބެހޭ މަޢުލޫމާތާއި، ވިސާ ފޯމުތައް އަޕްޑޭޓްކުރުން.   

6- ދިވެހިރާއްޖޭގެ ސިޓިޒަންޝިޕް ބޭނުންވެގެން ސިޓީލާ މީހުންނަށް ފޯމު ދޫކުރުމާއި، ސިޓިޒަންޝިޕަށް އެދޭ ފޯމު ލިބުމުން، އެކަމަށް ކަނޑައަޅާފައިވާ އުޞޫލްތަކާ އެއްގޮތަށް ޢަމަލުކުރުން.

7- މިނިސްޓްރީން "އެޓެސްޓް" ކުރުމަށް އެދި އެކިއެކި ފަރާތްތަކުން ހުށަހަޅާ ލިޔުންތައް، "އެޓެސްޓް" ކުރުމަށް ކަނޑައަޅާފައިވާ އުޞޫލްތަކާ އެއްގޮތަށް ޢަމަލުކުރުން.

8- ދިވެހިރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެއުޅެނިކޮށް ފެންނަ ބޯޓު ފަހަރާ ގުޅޭ މަސައްކަތްތައް ކުރުން.

9- ސެކްޝަންގެ ޔައުމިއްޔާ ތައްޔާރުކުރުމާއި، ސެކްޝަނުން އަހަރު ރިޕޯޓުގައި ހިމަނަންޖެހޭ ބައި ތައްޔާރުކުރުން.

10- ކަނޑައެޅިފައިވާ ތާވަލްގެދަށުން ޑިޕާޓްމަންޓުގެ އެންޓްރީ ނަގައި އެ ދުވަހެއްގެ ހެނދުނުގެ މިނިސްޓްރީގެ ހެޑުންގެ ބައްދަލުވުމުގެ ކުރިން އެންމެ އިސްކޮށް ހުންނަވާ ބޭފުޅަކަށް އެރުވުން.

11- މިނިސްޓްރީގެ ރަސްމީ މަސައްކަތާ ގުޅިގެން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.  

 

 

ޝަރުޠު (ތަޢުލީމާއި ތަޖުރިބާ)

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު؛

1- މަޤާމުގެ މަސައްކަތާ ގުޅޭ (މެނޭޖްމަންޓް / އެޑްމިނިސްޓަރޭޝަން / ހިއުމަން ރިސޯސް / އިންފޮމޭޝަން ޓެކްނޮލޮޖީ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތައް

(އީ. އެކްސް. 1)

  • ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ           
  • ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް)         

40%

10%

50%

ވަޒީފާއަށް އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލޭނެ ކަންތައްތައް

(އެމް.އެސް. 2 – ޖީއެސް 3)

  • ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ
  • ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް)

45%

15%

40%

އިންޓަވިއު އޮންނާނެ މުއްދަތު:

އިންޓަވިއު އޮންނާނީ، 2 މޭ 2016 އާއި 12 މޭ 2016 އާ ދެމެދުގެ ތާރީޚެއްގައެވެ. އިންޓަވިއު އޮންނާނެ ސީދާ ދުވަސް، އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް އެންގޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016 އެޕްރީލް 20 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށެވެ.

 

 

 

ހުށަހަޅަންޖެހޭ ތަކެތި:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި މިނިސްޓްރީގެ ވެބްސައިޓް www.foreign.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އިދާރާއިން މި ފޯމު ލިބެން ހުންނާނެއެވެ.)

2- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

3- ސަރުކާރު ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

4- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ސަމާލުކަމަށް:

އިސްވެ ބަޔާންކުރެވުނު ތަކެތި ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލްކުރެވޭނެއެވެ. އަދި ޝަރުޠު ހަމަވާ ފަރާތްތައް ޝޯޓް ލިސްޓްކޮށް، އިންޓަވިއު ކުރުމަށްފަހު، މަޤާމްތަކަށް ހޮވޭ ފަރާތްތަކަށް އެކަން މިނިސްޓްރީން އަންގާނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށްޓަކައި 3304168 ނަންބަރު ފޯނަށް ނުވަތަ 3304184ނަންބަރު ފޯނަށް  ގުޅުން އެދެމެވެ. އީމެއިލް ކުރާނީ، [email protected] އަށެވެ.

19 ޖުމާދަލްއާޚިރާ 1437

28 މާރިޗު 2016