ތަމްރީނު
ނަންބަރު: (IUL)424-EDSS/424/2016/20
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 15:49
ސުންގަޑި: 31 މާރިޗު 2016 14:00
ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާދަޑު ކައުންސިލްގެ ސްކޮލަރޝިޕް 2016

އިޢުލާން

މާދަޑު ކައުންސިލްގެ ސްކޮލަރޝިޕް 2016

ނަންބަރު (IUL)424-MS/424/2016/15 (14 މާރިޗު 2016) އިޢުލާނުން މާދަޑު ކައުންސިލްގެ ސްކޮލަރޝިޕް 2016 އަށް ހުޅުވާލި ފުރުޞަތަށް ބޭނުންވާ އަދަދަށް ކުދިން ކުރިމަތިލާފައިނުވާތީ އެއިޢުލާނުގެ މުއްދަތު 31 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކޮށްފީމެވެ.

ބޭނުންވާ އަދަދު          02 (ދޭއް)

ކޯހުގެ ނަން            ސެޓުފިކެޓު 4 އިން ބިޒްނަސް މެނޭޖްމެންޓް

                  ސެޓުފިކެޓު 4 އިން ހިއުމަން ރިސޯސް މެނޭޖްމަންޓް

                  ސެޓުފިކެޓު 4 އިން އެކައުންޓިންގ

                  ސެޓުފިކެޓު 4 އިން ސައިކޮލޮޖީ އެންޑް ކައުންސެލިންގ

                  ސެޓުފިކެޓު 4 އިން ޓޫރިޒަމް މެނޭޖްމެންޓް

ޝަރުޠު

- އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުގެ 03 މާއްދާއިން ސީ ފާސް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން. ނުވަތަ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުގެ 02 މާއްދާއިން ސީ ފާސް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުމާއި، 01 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ސެޓުފިކެޓު ލެވެލް 03 ގެ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ހާސިލުކޮށްފައިވުން. 

- މާދަޑު އަވަށުގެ ރަށްވެއްސެއް ކަމުގައި ވުން.

- އުމުރުން 16 އަހަރު ފުރި 35 އަހަރު ފުރިފައިނުވުން.

- ލެވެލް 04 ނުވަތަ އެއަށްވުރެ މަތީ ސެޓުފިކެޓެއް ހާސިލުކޮށްފައިނުވުން. 

- ފުވައްމުލަކުގައި ދިރިއުޅެމުންދާ ފަރާތެއްކަމުގައިވުން.

- ސްކޫލެއްގައި ނުވަތަ ކޯހެއްގައި ކިޔަވަމުންދާ ދަރިވަރަކު ކަމުގައި ނުވުން.

ދަރިވަރުން ހޮވުމަށް ބެލޭނެ މިންގަނޑުތައް

ބޭނުންވާ އަދަދަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލައްވައިފިނަމަ ދަރިވަރަކު ހޮވުމަށް ބަލާނީ ކައުންސިލުން ކަނޑައަޅާފައިވާ ޕޮއިންޓްދިނުމުގެ އުސޫލަށެވެ. 

އެދެންވީ ގޮތާއި ސުންގަޑި

- ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިޔުންތަކާއެކު 31 މާރިޗު 2016 ވާ ބުރާސްފަތި ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިކައުންސިލަށް ހުށަހަޅުއްވަންވާނެއެވެ.

- ކުރިމަތިލުމަށް އެދޭ ފޯމު (ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.) 

- އެކްރެޑިޓް ކުރެވިފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ.

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާއާ ގުޅޭގޮތުން އެފަރާތްތަކުން ދޫކޮށްފައިވާ ލިޔުން.

- ލިބިފައިވާ ތަޢުލީމާއި ތަމްރީނާ ގުޅޭ ސެޓުފިކެޓުތައް. (ސްކޫލް ދައުރުގެ ސެޓުފިކެޓުތައް ބަލާނީ ސެކަންޑަރީން ފެށިގެން މަތީގެ ސެޓުފިކެޓުތައް) 

- ސްކޫލް ލީވިންގ ސެޓުފިކެޓު

- އުމުރުން 18 އަހަރު ފުރިފައިނުވާ ކުދިން ކޯހަށް ވަނުމަށް ހޮވިއްޖެނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއްނެތްކަމުގެ ސިޓީ.   

ނޯޓް: ބައިވެރިވެލެއްވުމަށް ހުށަހަޅުއްވާ ފޯމާއެކު ހުށަހަޅުއްވާ ލިޔުންތަކަކީ އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު ކަމުގައި ވާންވާނެއެވެ.

މަތީގައި ދެންނެވިފައިވާ ކޯސްތަކުގެ ތެރެއިން އިސްކަންދޭ ތަރުތީބުން ލިޔާށެވެ. އެންމެ އިސްކަންދޭ ކޯހަށް ބޭނުންވާވަރަށް ކުދިން ނުލިބިއްޖެނަމަ ދެން އެންމެ އިސްކަންދޭ ކޯހަކުން ފުރުޞަތު ލިބިގެންދާނެއެވެ. 

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6860041 ނަންބަރު ފޯނާއެވެ.

18 ޖުމާދަލްއާޚިރާ 1437

27 މާރިޗު 2016