ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL) 417-CA/417/2016/24
ޕަބްލިޝްކުރި ތާރީޚް: 23 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 14 އޭޕްރިލް 2016 10:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީ ބައްތި މަރާމާތުކުރުމަށް ބޭނުންވާ ބައެއް ތަކެތި ހޯދުން

އިޢުލާން

މަގުމަތީ ބައްތި މަރާމާތު ކުރުމަށް ބޭނުންވާ ބައެއް ތަކެތި ހޯދުން

މަގުމަތީ ބައްތި މަރާމާތުކުރުމަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި މިއިދާރާއަށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 14 އެޕްރީލް 2016 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު މިއިދާރާގެ ފޯނު ނަންބަރު 6840015 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

ބޭނުންވާ ތަކެތި

ތަފުސީލު

250 ލެޑް ބީޑް 1 ވޯޓުގެ

200 ލެޑް ބީޑް ހުދުކުލަ އަދި 50 ލެޑް ބީޑް އޮރެންޖް ކުލަ

ލެޑް ޑުރައިވަރ 36 ވޯޓުގެ

Input: AC100-265V 50/60Hz

Output: DC24-36v 900mA 

Size: L 9-12cm, W 3.5cm, H 2.7cm

އަންދާސީހިސާބު ހުށަހަޅުއްވަނީ ކުންފުނި / ކޯޕަރޭޓިވް / ލޯކަލް އިންވެސްޓްމެންޓުން ނަމަ އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑުގެ ނަންބަރު ޖަހާފައިވާ، ކުންފުނި / ކޯޕަރޭޓިވް / ލޯކަލް އިންވެސްޓްމެންޓްގެ ސިޓީއަކާއެކު އެ ތަނުގެ ރަޖިސްޓަރީގެ ކޮޕީ (މުއްދަތު ހަމަނުވާ) ހުށަހަޅަންވާނެއެވެ. ވަކި ފަރުދެއްގެ ނަމުގައި އަންދާސީހިސާބު ހުށަހަޅާނަމަ، އެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރުދެއްގެ ނަމުގައި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަމުގެ ސިޓީއެއް، އަންދާސީހިސާބު ހުށަހެޅުމުގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ. އަދި ގަޑި ޖެހުމުގެ ކުރިން ނުވަތަ ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ޕޮއިންޓް ދެވޭނެ މިންގަނޑު؛

ހުށަހަޅާ އަގަށް   %90 (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެގިނަ ޕޮއިންޓް ލިބޭގޮތަށް)

މުއްދަތު      % 10 (އެންމެ ކުރުމުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެގިނަ ޕޮއިންޓް ލިބޭގޮތަށް)

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޖުމާދަލްއާޚިރާ 1437

23 މާރިޗު 2016