ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)GS08/2016/19
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި: 04 އޭޕްރިލް 2016 11:00
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ތަކެތި ހޯދުމާ ގުޅޭ

އިޢުލާން

މިމަރުކަޒަށް ބޭނުންވާ ތަކެތި ހޯދުމާ ގުޅޭ

 މިމަރުކަޒަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއްޖެއެވެ.

- 4 އެއަރ ކޮންޑިޝަން ( 18000BTU )

- 1 ސައުންޑް ސިސްޓަމް

- 2 ޑެސްކް ޓޮޕް ކޮމްޕިއުޓަރ ސިސްޓަމް

- 1 ސްޓޭންޑް ސްކްރީން

- 1 ސްކޭނަރ ( ނެޓްވާރކް )

- ލޭންޑް ލައިން ފޯން ( ނަންބަރު ޑިސްޕްލޭ ކުރާ )

ވީމާ، ތަކެތި ވިއްކަން ޝައުޤުވެރިވާ ފަރާތްތަކުން 04 އެޕްރީލް 2016 ވާ ހޯމަ ދުވަހު ހެނދުނު 11:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމައްފަހު އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުއްވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.

15 ޖުމާދަލްއާޚިރާ 1437

24 މާރިޗު 2016