ވަޒީފާގެ ފުރުޞަތު
ނަންބަރު: 35/2016
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 11:49
ސުންގަޑި: 11 އޭޕްރިލް 2016 13:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ. އެސް. 3 (ޖެނަރަލް ސަރވިސް 3)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަސައްކަތްކުރާ ތަން: ގދ. ގައްދޫ ކައުންސިލްގެ އިދާރާ

ޔުނިޓް: ކޯޕަރޭޓް އެފެއާޒް

މަޤާމުގެ މުސާރަ: މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

1. ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސައިދެވޭނެއެވެ.

2. ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަސްތަކުގައި މަސައްކަތްކުރަން ހަމަޖެހިއްޖެނަމަ ބަންދުދުވަސްތަކުގެ ފައިސާ ދެވޭނެއެވެ.

3. މީގެ އިތުރުން، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސުލުން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ތަޢުލީމާއި ތަޖުރިބާ/ފެންވަރު ނުވަތަ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

1. އޮފީހަށް ލިބޭ ސިޓީއާއި މެސެޖާއި އެހެނިހެން ތަކެތި ބަލައިގަނެ، އެންޓްރީކޮށް، ދުވަހުން ދުވަހަށް ސެކްޝަންތަކާ ހަވާލުކުރުމާއި، މަދުވެގެން ދުވާލަކު 2 ފަހަރު އީމެއިލް ޗެކްކޮށް، އީމެއިލުން ލިބޭތަކެތި އެންޓްރީކޮށް، ކަމާބެހޭ މުވައްޒަފުންނާ ހަވާލުކުރުން.

2. އޮފީހުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތަކާއި އެހެނިހެން ތަކެތި އެފަރާތްތަކަށް ވީއެންމެ އަވަހަކަށް ފޮނުވުމާއި، ސަރުކާރުގެ އޮފީސްތަކާއި އެހެނިހެން ކުންފުނިތަކާއި ކްލަބް ޖަމްޢިއްޔާތަކުންނާއި ސިޔާސީ ޕާޓިތަކުން އެކިފަރާތްތަކަށް ރައްދުކުރުމަށް އޮފީހާ ހަވާލުކުރާ ތަކެތި ބަލައިގަތުމާއި، އެތަކެތި ލިބެންޖެހޭ ފަރާތްތަކަށް ވީއެންމެ އަވަހަކަށް ރައްދުކުރުން.

3. އޮފީހަށް އެކިއެކި ބޭނުންތަކުގައި އަންނަ މީހުންގެ ކަންތައް ވީހާވެސް އަވަހަކަށް ކަމާބެހޭ މުވައްޒަފުންނަށް އެރުވުމާއި، ސެކްޝަނުން އެކިކަންކަމަށް ދޫކުރަންޖެހޭ ފޯމުތައް ގަވާއިދުން ދޫކޮށް ބަލައިގަތުމާއި، ފޯމުތައް ބަލައިގަތުމުގެ ކުރިން ރަނގަޅަށް ޗެކްކުރުން.

4. ވެރިންގެ އެޕޮއިންޓްމަންޓުގެ ކަންތައްތައް އިންތިޒާމްކުރުމާއި، މުވައްޒަފުންގެ ބައްދަލުވުންތައް އިންތިޒާމްކުރުމާއި، މުވައްޒަފުންނާ ބެހޭގޮތުން ލިޔަންޖެހޭ ލިޔުންތައް ލިޔުން. 

5. އޮފީހަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުމާއި، އިދާރީކަންކަމުގައި އެހީތެރިވުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016 އެޕްރީލް 11 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ބޭނުންވާ އެހެނިހެން ލިޔުންތަކާއެކު ގައްދޫ ކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކޮށްފައިވާ، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.
  • ސިވިލް ސަރވިސް އަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު ކުރިމަތިލައި، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފައިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހެއްގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތްތަށް ލިބިފައިވާ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
  • ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިންޓަވިއުކުރުން:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރެވޭނީ، މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.
  • އިންޓަވިއު ކުރުން އޮންނާނެ ތާރީޚާއި ގަޑި، އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް 24 ގަޑިއިރުގެ ކުރިން މި އިދާރާއިން ލިޔުމުން އަންގަމުން ގެންދާނެއެވެ.
  • އިންޓަވިއު އޮންނާނީ، ގައްދޫ ކައުންސިލް އިދާރާގައެވެ.

އެހެނިހެން ކަންތައްތައް:

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.
  • އެކްރެޑިޓް ނުކޮށް ހުށަހަޅާ ލިޔުންތަކަށް މާކުހެއް ނުދެވޭނެއެވެ.
  • އުމުރުން 55 އަހަރު ނުފުރޭ މީހަކަށްވުން.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6840003 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 68400013 އެވެ.

15 ޖުމާދަލްއާޚިރާ 1437

24 މާރިޗު 2016