މަސައްކަތް
ނަންބަރު: (IUL)382/382/2016/21
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި: 17 އޭޕްރިލް 2016 13:00
ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދު ބުރުނި މަރާމާތުކުރުމާބެހޭ

އިޢުލާން

މަސްޖިދު ބުރުނި މަރާމާތުކުރުމާބެހޭ

މިރަށުގައި އަލަށް ޢިމާރާތްކޮށްފައިވާ މަސްޖިދު ބުރުނި ގައި ކުރަންހުރި މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.   

ވީމާ، މަސްޖިދު ބުރުނި މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 13:00އަށް ބުރުނީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 27 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 13:00 އަށް ބުރުނީ ކައުންސިލްގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީހިސާބު ހުށަހަޅާ މަސައްކަތުގެ ނަމާއި ހުށަހަޅާ ފަރާތުގެ ނަން އޮންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ. އަދި ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ މަޢުލޫމާތު ސާފުކުރާ ފަރާތުގެ ސިޓީއެއް އޮންނަންވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޖުމާދަލްއާޚިރާ 1437   

16 މާރިޗު 2016