މަސައްކަތް
ނަންބަރު: (IUL)258/2016/30
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 11:30
ސުންގަޑި: 11 މާރިޗު 2016 10:30
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ މަރުކަޒު މަރާމާތު ކުރުން

އިޢުލާން

އިޖުތިމާޢީ މަރުކަޒު މަރާމާތު ކުރުން

ހަނިމާދޫ ކައުންސިލްގެ އިޖުތިމާޢީ މަރުކަޒުގައި ކުރަންހުރި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކައުންސިލްގެ ނަންބަރު: (IUL) 258/2016/19 (10-02-2016) އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަށް ފާޅުކޮށްފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެކަން މިފުރުޞަތުގައި އަންގައި އިޢުލާން ކުރީމެވެ.

15 ޖުމާދަލްއާޚިރާ 1437

24 މާރިޗު 2016