މަސައްކަތް
ނަންބަރު: (IUL)258/2016/31
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި: 12 އޭޕްރިލް 2016 10:30
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓު އެޅުމާބެހޭ

އިޢުލާން

ބަށިކޯޓު އެޅުމާބެހޭ

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާ، ކުޅިވަރު ވަސީލަތްތައް ތަރައްޤީ ކުރެވޭ ބަށިކޯޓު އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: 258/2016/20 (IUL) (16 -2- 2016) އިޢުލާނާ ގުޅިގެން ބަށިކޯޓު އެޅުމަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، ހަވާލާ ދެވުނު އިޢުލާން ބާޠިލުކޮށް، އަލުން ހަނިމާދޫގައި ބަށިކޯޓެއް އަޅައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 އެޕްރީލް 2016 ވަނަ ދުވަހުގެ 10:30 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 އެޕްރީލް 2016 ވަނަ ދުވަހުގެ 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެކަން މިފުރުސަޠުގައި އަންގައި އިޢުލާން ކުރީމެވެ.

15 ޖުމާދަލްއާޚިރާ 1437

24 މާރިޗު 2016