މަސައްކަތް
ނަންބަރު: NAH/2016/01
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 11:12
ސުންގަޑި: 03 އޭޕްރިލް 2016 13:00
ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އިމާރާތާއި ގޯތިތެރެ ފޮޅައި ސާފުކޮށް ވަށައިގެންވާ މަގުތަކުގެ ކުނިނަގައި ވިނަނޮޅައި ސާފުކުރުމުގެ މަސައްކަތުގެ ބީލަމުގެ ދަޢުވަތު

އިޢުލާން

ނ.އަތޮޅު ހޮސްޕިޓަލްގެ އިމާރާތާ ގޯތިތެރެ ފޮޅައި ސާފުކޮށް ވަށައިގެންވާ މަގުތަކުގެ ކުނިނަގައި ވިނަނޮޅައި ސާފުކުރުމުގެ މަސައްކަތުގެ ބީލަމުގެ ދަޢުވަތު:

މި ހޮސްޕިޓަލުގެ ގޯތިތެރޭގައިވާ އިމާރާތްތަކާއި ގޯތިތެރެއާއި ހޮސްޕިޓަލް ހިމެނޭ ސަރަޙައްދު އަމިއްލަ ތަކެތީގައި ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ވަނީ ބޭނުންވެފައެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 03 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިހޮސްޕިޓަލްގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިހޮސްޕިޓަލްގެ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅާ ފަރާތްތައް ފިޔަވައި އެހެންފަރާތްތަކުން އަންދާސީހިސާބާއި މަޢުލޫމާތު ހޯއްދެވުމަށް ހާޒިރުވާނަމަ އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ.

15 ޖުމާދަލްއާޚިރާ 1437 

24 މާރިޗު 2016