މަސައްކަތް
ނަންބަރު: (IUL)197-A3/1/2016/24
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 11:09
ސުންގަޑި: 05 އޭޕްރިލް 2016 10:30
ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ކޯޓުގެ ގޯތިތެރެއާއި ކޯޓުގެ އެތެރެ ފޮގު ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިކޯޓުގެ ގޯތިތެރެއާއި ކޯޓުގެ އެތެރެ ފޮގު ކޮށްދޭނެ ފަރާތެއް ހޯދުމަށް މި ކޯޓުގެ ނަންބަރު(IUL)197-A3/1/2016/22  (17 މާރިޗު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 05 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

18 ޖުމާދަލްއާޚިރާ 1437

27 މާރިޗު 2016