މަސައްކަތް
ނަންބަރު: (IUL)138-AS6/1/2016/60
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 10:20
ސުންގަޑި: 03 އޭޕްރިލް 2016 11:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ކޭޓަރ ކޮށްދިނުމާބެހޭ

މި މިނިސްޓްރީން ބާއްވާ އިވެންޓުތަކަށް ކޮންޓްރެކްޓު އުސޫލުން 1 އަހަރުދުވަހުގެ މުއްދަތަށް ކޭޓަރ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)138-AS6/1/2016/46 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.   

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އެޕްރީލް 03 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އެޕްރީލް 07 ވަނަ ދުވަހުގެ މެންދުރުފަހުގެ 01:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.  

18 ޖުމާދަލްއާޚިރާ 1437

28 މާރިޗު 2016