މަސައްކަތް
ނަންބަރު: (IUL)438-PPS/1/2016/25
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 10:02
ސުންގަޑި: 11 އޭޕްރިލް 2016 10:30
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ބ.ދަރަވަންދޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރ އަޕްގްރޭޑްކުރުމާ ގުޅޭ

އިޢުލާން

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ބ.ދަރަވަންދޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރ އަޕްގްރޭޑްކުރުމަށް 8 ފެބުރުވަރީ 2016 ގައި ކުރެވުނު ނަންބަރު IUL)438-RDS/1/2016/6) އިޢުލާނަށް ޝައުޤުވެރިކަން ހުށަހަޅާފައިވާ އަގުތައް ބޮޑުވުމުގެ ސަބަބުން މި އިޢުލާނު ބާޠިލުކޮށް، އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ހުށަހަޅަންވީ ތަކެތި

  • ވޭސްޓް މެނޭޖްމަންޓް ސެންޓަރ އަޕްގްރޭޑް ކޮށްދެވޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
  • މަސައްކަތް ނިންމޭނެ މުއްދަތު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ

 ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް

 މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

 ބ.ދަރަވަންދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ އަޕްގްރޭޑްކުރުމާބެހޭ އިޢުލާނު ނަންބަރު: IUL)438-PPS/1/2016/25) 

ޕްރީ ބިޑް ބައްދަލުވުން

މިމަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 04 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބައްދަލުކުރާ ކޮޓަރީގައެވެ. އަދި މި ދެންނެވި ތާރީޚުގައި ޕްރީ ބިޑް ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެކަން ދަންނަވަމެވެ.   

ބިޑު ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 11 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 11 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018433 / 3018431 ނަންބަރު ފޯނަށެވެ.

    މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

    ހަނދުވަރީ ހިނގުން، މާފަންނު

    މާލެ، 20392

    ދިވެހިރާއްޖެ.

    އީމެއިލް:  [email protected]

28 މާރިޗު 2016