ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)332-ADHR/332/2016/31
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 14:52
ސުންގަޑި: 05 އޭޕްރިލް 2016 14:00
ދިއްފުށީ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މީހަކު ހޯދުން:

ދިއްފުށީ ކައުންސިލް އިދާރާއިން ބަލަހައްޓާ ރައްޔިތުންގެ ހިސާބުތައް ބަލަހައްޓައިދޭނެ އެޑްމިން އޮފިސަރެއް ހޯދަން ބޭނުންވެއެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގުރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ

ޔުނިޓް:

R-Budget

މުސާރަ:

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަު -/1،500 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސިޓީ މެސެޖު ފަދަ ލިޔެކިޔުންތައް ފޮނުވުން.
  2. މުވައްޒަފުންނާ ގުޅޭ ކަންކަން ބެލެހެއްޓުން.
  3. ޕްރީސްކޫލާ ގުޅުންހުރި ކަންކަމުގައި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން އިދާރާއިން ކުރަންޖެހޭ ކަންކަން ކުރުން.
  4. R-Budget (ރައްޔިތުންގެ ބަޖެޓް) އާ ގުޅޭ މާލީ ކަންކަން ރާވައި އިންތިޒާމްކޮށް ދައުލަތުގެ މާލިއްޔަތު ޤާނޫނާއި  ޤަވާއިދާ އެއްގޮތަށް ބެލެހެއްޓުން. (ޕީވީ ތައްޔާރުކުރުމާއި،  އެއާ ގުޅުންހުރި ކަންކަމާއި، ފައިސާ ޖަމާކުރުމާއި/ނެގުމާއި، ރިޕޯޓްތައް ތައްޔާރުކުރުމާއި، ކައުންސިލްގެ އެކައުންޓް ސްޓޭޓްމަންޓް ނެގުމާއި، ބިލްތަކަށް ފައިސާ ދެއްކުން ފަދަ ކަންކމާއި، އެފަދަ އެހެނިހެން ކަންކަން ކުރުން)
  5. R-Budget (ރައްޔިތުންގެ ބަޖެޓް) ން މުސާރަދޭ މުވައްޒަފުންގެ މުސާރަ ޝީޓް ތައްޔާރުކުރުމާއި، މުސާރަ ހަވާލުކުރުން.
  6. R-Budget (ރައްޔިތުންގެ ބަޖެޓް) ގެ އެކައުންޓް ބާކީއާއި، ތިޖޫރީ ބާކީއާއި، ދުވަހުފޮތާއި، ޕޭމަންޓް ވޮއުޗަރތަކާއި، ޕީވީ ރަޖިސްޓްރީއާއި، ބިލް ރަޖިސްޓްރީފަދަ ތަކެތި އަޕްޑޭޓްކޮށް ބެލެހެއްޓުން.
  7. R-Budget (ރައްޔިތުންގެ ބަޖެޓް) އާ ގުޅޭ ފައިސާ ރަސީދުން ބަލައިގަތުމާއި، ކޮންމެ ދުވަހަކުވެސް ރަސީދުން ބަލައިގަންނަ ހުރިހާ ފައިސާއެއް ކަނޑައަޅާފައި އޮންނަ އުސޫލެއްގެމަތީން ތިޖޫރީ ބާކީކުރުން.
  8. ވޭތިވެދިޔަ މަހުގެ ފައިސާ، ހިނގާ މަހުގެ 20 ގެ ކުރިން ކައުންސިލްގެ ރަސްމީ އެކައުންޓަށް ޖަމާކުރުމާއި، އެއާ ގުޅުންހުރި ކަންކަން ކުރުން.
  9. ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހުގެ ކުރީން، ވޭތިވެދިޔަ މަހުގެ ޚަރަދު ރިޕޯޓާއި، ލިބޭ ފައިސާގެ ރިޕޯޓާއި، R-Budget މާލީ ރިޕޯޓް ތައްޔާރުކޮށް، ހަވާލުކުރަންޖެހޭ ނުވަތަ/އަދި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  10. ހަރުމުދަލުގެ އިންވެންޓްރީ ތައްޔާރުކޮށް ބެހެއްޓުން.
  11. R-Budget (ރައްޔިތުންގެ ބަޖެޓް) ގެ ވިޔަފާރިއާ ގުޅުންހުރި ކަންކަން ކުރުން.
  12. މީގެ އިތުރުންވެސް، ވަޒީފާގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ކައުންސިލުން އަންގަވާ ކަންތައްތައް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް:

1 ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.

2 ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3 މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނެ ތަނަކާއި މުއްދަތު:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލާއި، އިމްތިޙާނުކުރުން ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 5 ދުވަހުގެ ތެރޭގައި އަންގާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 އެޕްރީލް 5 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށްއެދި ހުށަހަޅާ ފޯމާއިއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް، މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ކައުންސިލުން ކަނޑައަޅާ އުސޫލެއްގެމަތިން ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ކައުންސިލުން ލިބެން ހުންނާނެއެވެ.)
  2. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (ސެޓްފިކެޓްތަކުގެ އަޞްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދަރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަޞްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ސާފުކޮށް ކިޔަން އެނގޭ ފަދަ ކޮޕީ (އަޞްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)
  5. ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6840071 ނަންބަރު ފޯނަށެވެ. ފެކުހާއި އީމެއިލުން ފޮނުވާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.

13 ޖުމާދަލްއާޚިރާ 1437

22 މާރިޗު 2016