ވަޒީފާގެ ފުރުޞަތު
ނަންބަރު: GS210/IUL/2016/21
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 11:32
ސުންގަޑި: 07 އޭޕްރިލް 2016 14:00
އުނގޫފާރު ސްކޫލް
ދިވެހިރާއްޖެ
ސަރުދާރު (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު: 

މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ.

މަޤާމް:

ސަރުދާރު (ވަގުތީ)

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން/ ސެކްޝަން:

އުނގޫފާރު ސްކޫލް

މަޤާމުގެ ރޭންކް:

އެސް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސަރވިސް ގްރޭޑް 2

މުސާރަ:

މަހަކު -/3،875 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރުފިޔާ

މަޤާމުގެ ޝަރުޠުތައް:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް/ ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތެއް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1- ސްކޫލުގެ މަސައްކަތުމީހުން ޑިއުޓީ ތާވަލާ އެއްގޮތަށް ޑިއުޓީއަށް ނިކުމެ މަސައްކަތްކުރައްވާތޯ ދުވަހުން ދުވަހަށް ބަލައި، ރިޕޯޓްކުރުން.

2- މަސައްކަތުމާހަލުގައި މަސައްކަތްތައްކުރުމަށް ބޭނުންވާ ތަކެތި ހޯދައިދީ، އިތުރަށް ބޭނުންވާނަމަ، އޮފީހުގައި ރިކްއެސްޓްކުރުން.

3- ކޮންމެ ދުވަހެއްގެ ހެނދުނު 6:45 ގައި ކުލާސްތައް ކުނިކަހައި، ފޮޅައި، ސާފުކޮށްފައިވޭތޯ ބަލައި ޔަގީންކުރުން.

4- ދުވާލަކު އެއްފަހަރު މަސައްކަތު މީހުން ކުނިކަހައި ފޮޅައި ސާފުކުރުމަށް ހަވާލުކޮށްފައިވާ ސަރަހައްދުތައް ކުނިކަހައި ސާފުކޮށްފައިވޭތޯ ބަލައި ޔަގީންކުރުން.

5- ސްކޫލުގެ ބަގީޗާ، ގަސްތަކަށް ދުވަހުން ދުވަހަށް ފެންދީފައިވޭތޯ ބެލުން.

6- ސްކޫލުގެ ބަގީޗާ ގަސްތައް، ސްކޫލުން އަންގާ ގޮތެއްގެ މަތީން ހަފުތާއަކު އެއްފަހަރު ކޮށާފައިވޭތޯ ބެލުން.

7- ސްކޫލުން އަންގާ ގޮތެއްގެ މަތީން، ސްކޫލް އިމާރާތްތަކުގެ ދިޔަދޮވިތައް، މަސައްކަތު މީހުން ލައްވައި ހަފުތާއަކު އެއްފަހަރު ސާފުކުރުވުން.

8- ސްކޫލުގެ އިމާރާތްތަކުގެ ކަތިފިލާތައް، ހަފްތާއަކު އެއްފަހަރު، މަސައްކަތު މީހުން ލައްވައި ފޮޅައި ސާފުކުރުވުން.

9- ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 ގެ ކުރީން، ސްކޫލުގެ ހުރިހާ ބުލޮކްތަކެއްގައި ހުރި، ފަންކާ، ހޮޅިބުރި، ޑެސްކު، މޭޒު، ގޮނޑިއާއި، ދަރިވަރުންގެ ފާޚާނާތަކުގައިވާ ތަކެތީގެ ހާލަތު އަންގައިދޭ ރިޕޯޓެއް، ހަވާލުވެ ހުންނަވާ ވެރިޔާއަށް ފޯރުކޮށްދިނުން.

10- ދަރިވަރުންގެ ފާޚާނާތަކުގެ ކުދި މަރާމާތުތައް ދުވަހުން ދުވަހަށް ކުރުން.

11- ސްކޫލަށް ގެނެވޭ ތަކެތި، ބަނދަރުން ސްކޫލަށް މަސައްކަތު މީހުންލައްވައި އުފުލުން.

12- ސްކޫލުގެ ގުދަންތަކުގައިވާ ތަކެތި، ސްކޫލުން އަންގާ ގޮތެއްގެ މަތީން، ހަފުތާއަކު އެއްފަހަރު، މަސައްކަތު މީހުން ލައްވައި އެތުރުން.

13- ސްކޫލުން ބޭރަށް އެކިއެކި ފަރާތްތަކަށް ދޫކުރާ ތަކެތި ސްކޫލަށް އަނބުރާ ގެނެއުމުން، އެތަކެތި ހަމަތޯ ބެލުމާއި، ގެއްލުމެއް ލިބިފައިވޭތޯ ވަގުތުން ޗެކުކޮށް، އިސްވެރިޔާއަށް ރިޕޯޓްކުރުން.

14- ސްކޫލުން ބޭނުންވެއްޖެ ހިނދެއްގައި ކޮންމެ ވަގުތަކުވެސް އެހީތެރިކަން ފޯރުކޮށްދިނުން.

ހުށަހަޅަންޖެހޭ މަޢުލޫމާތުތައް:

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތީލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރުމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ ފޯމެޓް މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ "މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމު"

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ މީހެއްގެ މަޤާމު ހަމަޖައްސާނީ، ތިރީގައިވާ ކަންތައްތަކަށް ބަލައިގެންނެވެ.

1. ތަޢުލީމާއި ތަމްރީނު.

2. މަސައްކަތު ތަޖުރިބާ.

3. މަސައްކަތު ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

އެހެނިހެން އުޖޫރައާއި އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ކަނޑައެޅިފައި އޮންނަ ގަވާއިދުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، 2016 އެޕްރީލް 7 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން މި ސްކޫލަށް ފޯމު ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށައަޅާ ފޯމާއެކު، ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައި ނުވާނަމަ، އެ ސިޓީ ބާޠިލްކުރެވޭނެއެވެ.

އިންޓަވިޔު ކުރެވޭނެ ތަނާއި ތާރީޚު:

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިޔު ކުރުން އޮންނާނެ ތާރީޚާއި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި އެފަރާތްތަކަށް އެންގޭނެއެވެ. އިންޓަވިއު އޮންނާނެ ތަނެއް، ފަހުން އެންގޭނެއެވެ.

- މި މަޤާމަށް އިންޓަވިއު ކުރުމަށް ޝޯޓްލިސްޓް ކުރެވޭނީ، މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މި އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކެކެވެ. އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވުނުކަން އަންގާނީ ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6580262 ނަންބަރު ފޯނާއެވެ.
  • ވަޒީފާއަށްއެދި ހުށަހަޅާ ފޯމާއެކު ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައިނުވާނަމަ އެ ފޯމް ބާޠިލްކުރެވޭނެއެވެ.

15 ޖުމާދަލްއާޚިރާ 1437

24 މާރިޗު 2016