މަސައްކަތް
ނަންބަރު: (IUL)25-A2/1/2016/04
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 15:48
ސުންގަޑި: 28 މާރިޗު 2016 00:00
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
އެއަރކޮންޑިޝަންތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި މިނިސްޓްރީގެ އެއަރކޮންޑިޝަންތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 17 މާރިޗު 2016 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަންބަރު: A2/1/2016/03-ފ25 (IUL) އާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 28 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 10:00 އަށް މިނިސްޓްރީއަށް ވަޑައިގެން ނަންނޯޓްކުރައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީއަށް ވަޑައިގެން ނަންނޯޓްކުރައްވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323400 ނަންބަރު ފޯނަށެވެ.   

24 މާރިޗު 2016