ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120/1/2016/17
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 06 އޭޕްރިލް 2016 13:30
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ކެމްބްރިޖް އޯލެވެލް/ އައިޖީސީއެސްއީ. އެސްއެސްސީ އިމްތިޙާނުގެ ސެޓުފިކެޓު ދޫކުރުން

އިޢުލާން

2015 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރުގައި ބޭއްވުނު ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ ސެޓުފިކެޓު ދޫކުރުން:

2015 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރުގައި ބޭއްވި ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އާއި އެސްއެސްސީ އިމްތިޙާނުގެ ސެޓުފިކެޓު 2016 މާރިޗު 30 ވަނަ ދުވަހުން ފެށިގެން 2016 އެޕްރީލް 06 ގެ ނިޔަލަށް މިޑިޕާޓްމަންޓުން ދޫކުރާނެއެވެ. ސެޓުފިކެޓު ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 ން 13:30އަށެވެ. ސެންޓަރުތަކުން ދޫކުރާ ދުވަހެއް ކަނޑައަޅާނީ އެސެންޓަރަކުންނެވެ.

މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ސެޓުފިކެޓު ބަލާ އަންނައިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެ މީހެއްގެ އައި.ޑީ.ކާޑާއި ކެންޑިޑޭޓުގެ އައި.ޑީކާޑު ގެންނަންވާނެއެވެ. ސެންޓަރުތަކުގެ ސެޓުފިކެޓުތައް ދޫކުރެވޭނީ ސެޓުފިކެޓުތަކާ ހަވާލުވާމީހާގެ އައި.ޑީ.ކާޑާއި ސެންޓަރުގެ ސެޓުފިކެޓު ހަވާލުކޮށްދިނުމަށް އެދި އޮތް ލިޔުމެއް ހުށަހެޅުމުންނެވެ.

15 ޖުމާދަލްއާޚިރާ 1437

24 މާރިޗު 2016