ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23/23/2016/13
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 28 ޖޫން 2016 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސާކް ޕްރައިޒް އޮން އެޗް.އައި.ވީ/އެއިޑްސް 2016 އާ ގުޅޭ

އިޢުލާން

ސާކް ޕްރައިޒް އޮން އެޗް.އައި.ވީ/އެއިޑްސް 2016 އާގުޅޭ

ސާކް ޓިއުބަރކްލޯސިސް އެންޑް އެޗް.އައި.ވީ/އެއިޑްސް ސެންޓަރ (ސްޓެކް) ގެ ފަރާތުން އެޗް.އައި.ވީ/އެއިޑްސް ބައްޔާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް، އެކަމަށް ހިތްވަރުދިނުމުގެގޮތުން ދޭ އިނާމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފިއެވެ.

ވީމާ، މި އިނާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނޮމިނޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު 28 ޖޫން 2016 ގެ ކުރިން ސާކް ޓިއުބަރކްލޯސިސް އެންޑް އެޗް.އައި.ވީ/އެއިޑްސް ސެންޓަރ (ސްޓެކް) އެޑްރެސްކޮށް ފޮނުއްވުން އެދެމެވެ. 

މި އިނާމާބެހޭ އިތުރު މަޢުލޫމާތާއި އެޕްލިކޭޝަން ފޯމު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ. http://www.saarctb.org/new/?p=1121 މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ "ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު" މިޑިވިޜަން (3014472) އަށް ގުޅުއްވުން އެދެމެވެ.

15 ޖުމާދަލްއާޚިރާ 1437

24 މާރިޗު 2016