ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: TENDER/AS/2016/007
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 12:10
ސުންގަޑި:
12 އޭޕްރިލް 2016 10:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސައިކޮޓަރިއަށް ބޭނުންވާ ތަކެއްޗާއި އޮފީސް ސާފުކުރުމަށް ބޭނުންވާ ސާމާނު
އަންދާސީހިސާބު ހޯދަން ބޭނުންވެއްޖެ
މި ކުންފުނީގެ ސައިކޮޓަރިއަށް ބޭނުންވާ ތަކެއްޗާއި އޮފީސް ސާފުކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ކުރެވުނު އިޢުލާން ނަންބަރު TENDER/AS/2016/006 އަށް އެކަށީގެންވާ ވަރަށް އަންދާސީހިސާބު ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އެޕްރީލް 05 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އެޕްރީލް 12 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ ކޮންފަރެންސްރޫމަށެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.
އަންދާސީހިސާބު ހުށަހަޅާނީ މިކުންފުނިން އިރުޝާދުދޭގޮތަކަށެވެ.
ޕްރޮކިޔުމެންޓް ޔުނިޓް
ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ، އަމީނީ މަގު، މައްޗަންގޮޅި، 20375، މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected] ވެބްސައިޓް: www.aasandha.mv
ފޯން: 3011471 960+ ފެކްސް: 3013636 960+
24 މާރިޗު 2016