ކުއްޔަށް ދިނުން
ނަންބަރު: IUL-D/423/2016/18
ޕަބްލިޝްކުރި ތާރީޚް: 23 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 15:53
ސުންގަޑި: 31 މާރިޗު 2016 13:00
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ހިޔާ ކުއްޔަށް ދިނުމާބެހޭ

އިޢުލާން

ރައްޔިތުންގެ ހިޔާ ކުއްޔަށް ދިނުމާބެހޭ

ފަރެސްމާތޮޑާ ބަނދަރުމަތީގައި ޢިމާރާތް ކުރެވިފައިވާ "ރައްޔިތުންގެ ހިޔާ" (80 ފޫޓު xފ30 ފޫޓު) ޢިމާރާތާއި، ގޯތި (100 ފޫޓު xފ40 ފޫޓު) ވިޔަފާރީގެ ބޭނުންތަކަށް (ގަރާޖު، ގުދަން، ވާރކްޝޮޕް ހެދުން ނޫން ބޭނުންތަކަށް) 9 އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ކުރި މިއިދާރާގެ ނަންބަރު:IUL-D/423/2016/17 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް އެކަށީގެންވާ ވަރަށް މީހުން ހާޒިރުވެފައިނުވާތީ އެއިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިތަން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗު 31 ވަނަ ދުވަހުގެ 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އެޕްރީލް 06 ވަނަ ދުވަހުގެ 13:00 އަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ފޯމާއި ޚިލާފަށް ހުށަހެޅޭ ޕްރޮޕޯޒަލްތަކާއި ގަޑިޖެހުމަށްފަހު ހުށަހެޅޭ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޖުމާދަލްއާޚިރާ 1437

23 މާރިޗު 2016