ދިވެހިރާއްޖެ
އިޢުލާން
ފަރުނީޗަރ ގަތުމަށް އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުގެ ސައިންސްލެބް އަދި އޯޑިއޯވިޒުއަލް ރޫމަށް ތިރީގައި ދަންނަވާފައިވާ ތަކެތި ގަނެދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
އަދަދު |
ތަފުސީލު |
30 |
ފޯލްޑިންގ ޗެއަރ ވިތް ޑެސްކް |
30 |
ޕްލާސްޓިކު ގޮނޑި (ސެކަންޑަރީ) |
30 |
ޑެސްކް (ސެކަންޑަރީ) |
02 |
ވައިޓް ބޯޑު (8ފޫޓު 4ފޫޓު) |
02 |
ނޯޓިސް ބޯޑު (6ފޫޓު 4ފޫޓު) |
02 |
ސްޓޮކް ކަބަޑު (6ފޫޓު 4ފޫޓު) |
02 |
އަތްގަނޑު ލީ ގޮނޑި (ޓީޗަރސް) |
02 |
މޭޒު (ޓީޗަރސް) |
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑީގައި މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުގެ ދެންނެވިފައިވާ ގަޑިއަށް މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ހަމަޖައްސާނަމަ ސިޓީއަކުން އެކަން ހުށަހަޅަންވާނެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ބިޑް ހުޅުވާ ބައްދަލުވުން |
2016 މާރިޗު 29 ވާ އަންގާރަ ދުވަހުގެ 13:00 |
2016 އެޕްރީލް 07 ވާ ބުރާސްފަތި ދުވަހުގެ 13:00 |
ބިޑްތަކަށް ޕޮއިންޓް ދޭނެގޮތުގެ ތަފުސީލު:
އަގަށް: 65 ޕޮއިންޓް
މުއްދަތު: 15 ޕޮއިންޓް
މާލީ ޤާބިލުކަން: 10 ޕޮއިންޓް
ތަޖުރިބާ: 10 ޕޮއިންޓް
އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ މި ސްކޫލުގެ ބިޑް އިވެލުއޭޝަން ކޮމިޓީން އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުމުން އެފަރާތުން ލިބޭ މަޝްވަރާގެ މަތިންނެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.