ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 374-C/2016/ 24
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 14:48
ސުންގަޑި: 30 މާރިޗު 2016 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކެތި ވިއްކާނެ ފަރާތެއް ހޯދަން

އިޢުލާން

ފ.ނިލަންދޫގެ ކުނި މެނޭޖުކުރުމުގެ މަސައްކަތްކުރުމަށްޓަކައި ތިރީގައި މިދަންނަވާ ތަކެތި ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

01 ޕިކަޕް  ½1 (ދޮޅު ޓަނުގެ)

ވީމާ، ޕިކަޕް ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗުމަހުގެ 22 ން 24 އާ ދެމެދު މިއިދާރާއަށް ދުރުވެ ނުވަތަ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6740016 ފޯނާ ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މާރިޗު 30 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން އަންނަ ފަރާތްތަކާއި، މަޢުލޫމާތު ފުރިހަމަ ކޮށްފައިނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އެހެންމީހެއްގެ ހަވާލުގައި އަންދާސީހިސާބު ހުށަހަޅަން ބޭނުންފުޅުވާނަމަ އަންދާސީހިސާބު ހުށަހެޅުމުގެ 01 ގަޑިއިރުގެ ކުރިން އެކަން ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ސޮޔާއެކު މިއިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ މިއިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައި ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ފ.ނިލަންދޫ ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ½1 (ދޮޅު ޓަނުގެ) ޕިކަޕެއް ގެނެސްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

12 ޖުމާދަލްއާޚިރާ 1437

21 މާރިޗު 2016