ދިވެހިރާއްޖެ
އިޢުލާން
އޮބްޒާވަރެއް ހޯދުން:
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނަށް ފޯރުކޮށްދިނުމަށް ދިވެހިރާއްޖޭގެ މައްޗަށް ލާޒިމުކުރާ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށްޓަކައި، ދިވެހިރާއްޖޭގައި ކުރާ މަސްވެރި ދަތުރުތަކުގެ %5 ދަތުރުތަކުގެ މަޢުލޫމާތު އުޅަނދުގައި ޤާއިމުވެހުންނަ ފިޝަރީޒް އޮބްޒަރވަރެއްގެ އެހީގައި ނަގައި ބެލެހެއްޓުމަށް މި މިނިސްޓްރީން ޤާއިމުކުރާ ފިޝަރީޒް އޮބްޒާވަރ ޕްރޮގްރާމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ރާވައި ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް މިމިނިސްޓްރީން ބޭނުންވެގެން ކުރި (IUL)30-C/I/2016/7 ނަންބަރުގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ސިޓީ ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
މަސައްކަތް ހަވާލުކުރެވޭ މުއްދަތު: |
10 މަސްދުވަސް |
ބޭނުންވާ އަދަދު: |
2 (ދޭއް)
|
މަސައްކަތުގެ އުޖޫރަ: |
މަސައްކަތުގެ އުޖޫރައިގެގޮތުގައި ކޮންމެ މަހަކު -/4000 ރުފިޔާ ދެވޭނެއެވެ. |
||
އެހެނިހެން އެލަވަންސާއި، ޢިނާޔަތްތައް: |
|
||
މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ފެންވަރު ނުވަތަ ޝަރުޠު: |
|
||
މަސައްކަތުގެ ތަފުސީލު: |
|
||
މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި: |
1. މަސައްކަތް ކުރުމަށް ހުށަހަޅާ ފަރާތުގެ ވަނަވަރު. 2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ) 3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ) 4. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ތަނަކުން ދީފައިވާ ލިޔުން. |
||
އެހެނިހެން ތަފުސީލު: |
|
||
ސުންގަޑި: |
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 މާރިޗު 31 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ، މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެއްޗާއެކު، ތިރީގައިމިވާ މި މިނިސްޓްރީގެ އެޑްރެހަށް ހުށަހެޅުން އެދެމެވެ. |
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، 7 ވަނަ ފަންގިފިލާ، ވެލާނާގެ، މާލެ، ދިވެހިރާއްޖެ.
........................................
14 ޖުމާދަލްއާޚިރާ 1437