މަސައްކަތް
ނަންބަރު: (IUL)247-EDSS/247/2016/14
ޕަބްލިޝްކުރި ތާރީޚް: 20 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި: 03 އޭޕްރިލް 2016 14:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަ ސްޓޭޑިއަމްގައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

 އިޢުލާން

ހޯރަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މި އިދާރާއިން ދޭ ކުރެހުމާއި މަޢުލޫމާތާ އެއްގޮތަށް، ހޯރަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި ފެންސް ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެ މަތިން މި އިދާރާއަށް ހާޒިރުވެދެއްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

އަންދާސީހިސާބު ހުށަހަޅާ ފޯމު ދޫކުރުމާއި، މަޢުލޫމާތު ދިނުން

03 އެޕްރީލް 2016

އާދީއްތަ

14:00

އަންދާސީހިސާބު ހުށަހަޅަންޖެހޭ ސުންގަޑި

07 އެޕްރީލް 2016

ބުރާސްފަތި

14:00

މަޢުލޫމާތު ސާފުކުރައްވާ އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް، ބަދަލުގައި ހާޒިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ވާނެއެވެ. މި ސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެންކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔުއްވާފައި އޮންނަންވާނެއެވެ. މީގެއިތުރުން އަންދާސީހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެލައްވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.

11 ޖުމާދަލްއާޚިރާ 1437

20 މާރިޗު 2016