ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
ބޭންކް އޮފް މޯލްޑިވްސް ޕލކގެ ބޭނުމަށް ހިތަދޫ ބްރާންޗް އަދި އޭޓީއެމް ބޫތު ފޮޅައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަަންނަވާނަމަ، ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިބޭންކުގެ ހިތަދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚު |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
30 މާރިޗު 2016 |
ބުދަަ |
ހެނދުނު 11:00 |
އަންދާސީހިސާބު ހުށަހެޅުން |
07 އެޕްރީލް 2016 |
ބުރާސްފަތި |
ހެނދުނު 11:00 |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. މިމަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމަންޓްތައް މިބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
11 ޖުމާދަލްއާޚިރާ 1437