ދިވެހިރާއްޖެ
އިޢުލާން
ލޯންޗް ދަތުރުކުރުމަށް ބޭނުންވެއްޖެ.
މި ބިއުރޯގެ ބޭނުމަށް ތިރީގައި މިދަންނަވާ ރަށްތަކަށް ސްޕީޑް ލޯންޗްގައި ދަތުރުކުރުމަށް ބޭނުންވެއްޖެއެވެ.
2016 އެޕްރީލް 3 ވަނަ ދުވަހު މާލެ/ފ.ނިލަންދޫ/ދ.ކުޑަހުވަދޫ
2016 އެޕްރީލް 8 ވަނަ ދުވަހު ދ.ކުޑަހުވަދޫ/ފ.ނިލަންދޫ/މާލެ
2016 އެޕްރީލް 3 ވަނަ ދުވަހު މާލެ/ޅ.ނައިފަރު
2016 އެޕްރީލް 8 ވަނަ ދުވަހު ޅ.ނައިފަރު/މާލެ
ވީމާ، މިދަތުރުތައް ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 2016 މާރިޗު 30 ވަނަ ދުވަހުގެ 11:00 އަށް މިބިއުރޯއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. މިދަތުރުތައް ހަވާލުކުރެވޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.
މި ބިއުރޯ ހިނގަމުންދާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހިނގަމުންދާ އިމާރާތުގައެވެ.
އިތުރު މަޢުލޫމާތެއް އޮޅުންފިލުވަން ބޭނުންފުޅުވެލައްވާނަމަ މިބިއުރޯގެ ފޯންނަންބަރު 3349397 އަށް ގުޅުއްވުން އެދެމެވެ.
14 ޖުމާދަލްއާޚިރާ 1437