ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ހޯދުން
މިއިދާރާގައި ކުރަންހުރި ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: INDIV/2016/9ފ/373(IUL) (17 ފެބުރުވަރީ 2016) ގެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީއާއި، އަދި މުއްދަތު ދިގުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތްތައް ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ރޭނުމާއި ސިމެންތި ޖެހުން.
- ވަޅުގެ މަތީ ޝީޓު އެޅުން.
- ތަޅުން އެޅުން.
- ފާޚާނާ ކޮންޕްލީޓް މަސައްކަތް.
ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެވިދާނެ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާ ފޯމު ފުރިހަމަ ކުރައްވައި 2016 މާރިޗު 31 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2016 މާރިޗު 27 ވާ އާދީއްތަ ދުވަހުގެ 13:30 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ޢުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، ފޯމުގައިވާ މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅާ ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައެވެ. އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި މިއިދާރާގެ 6740015 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
07 ޖުމާދަލްއާޚިރާ 1437