މަސައްކަތް
ނަންބަރު: (IUL)373/INDIV/2016/17
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 16:23
ސުންގަޑި: 24 މާރިޗު 2016 13:30
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަޙައްދުތަކާއި، އަވަށުގެ ބޭރު މަގުތައް ކުނިކަހައި ސާފުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މިރަށުގެ އިޖުތިމާޢީ ސަރަޙައްދުތަކާއި، އަވަށުގެ ބޭރު މަގުތައް ކުނިކަހައި ސާފުކޮށްދޭނެ ފަރާތެއް ހޯދުން

މިރަށުގެ އިޖުތިމާޢީ ސަރަޙައްދުތަކާއި، އަވަށުގެ ބޭރު މަގުތައް 2016 ވަނަ އަހަރުގެ ނިޔަލަށް ކުނިކަހައި ސާފުކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާ ފޯމު ފުރިހަމަ ކުރައްވައި 2016 މާރިޗު 30 ވާ ބުދަ ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2016 މާރިޗު 24 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ޢުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. ކޮމްޕެނީ، ކްލަބް، ޖަމުޢިއްޔާ، ކޮމެޓީތަކުގެ ނަމުގައި އަންދާސީހިސާބު ހުށަހަޅާނަމަ، މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު، އެފަރާތުގެ ރަސްމީ ސިޓީއެއް ގެންނަންޖެހޭނެއެވެ. މަސައްކަތުގެ ތަޖުރިބާއަށް ޕޮއިންޓް ލިބޭނީ، ވޭތުވެދިޔަ 05 އަހަރުދުވަހު ކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، ފޯމުގައިވާ މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޖުމާދަލްއާޚިރާ 1437

16 މާރިޗު 2016