ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)166-Schol/166/2016/27
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 27 މާރިޗު 2016 13:30
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްޓާފް ޑިވެލޮޕްމަންޓް - މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ސްޓާފް ޑިވެލޮޕްމަންޓް - މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މިއިޢުލާނަކީ މިޑިޕާޓްމަންޓްގެ ނަންބަރު: 07/schol/166/2016-ފ166(IUL) (17 ޖަނަވަރީ 2016) އިޢުލާނުގައިވާ ހުރިހާ ފުރުޞަތުތަކަށް ކޮލިފައިވާ ކެންޑިޑޭޓުން ނުލިބުމުގެ ސަބަބުން ކުރެވޭ އިޢުލާނެކެވެ.

މިއީ، ވާރލްޑް ބޭންކްގެ އެންހޭންސިންގް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ހިލޭ އެހީގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މުވައްޒަފުން ތަމްރީނު ކުރުމަށް ހުޅުވާލެވޭ ސްކޮލަރޝިޕް ފުރުޞަތުތަކެކެވެ.

ޤައުމު/މަރުކަޒު

އަދަދު

ކަނޑައެޅިފައިވާ ސެކްޝަން/ޑިޕާޓްމަންޓް

ލެވަލް

ކޯހުގެ ނަން

ދިވެހިރާއްޖެ

1

އީ ސެކްޝަން، އެސް.އޭ، އެމް.ކިޔު.އޭ

މާސްޓަރސް ޑިގްރީ

މާސްޓަރސް އިން އެޑިޔުކޭޝަން މެނޭޖްމަންޓް އެންޑް ލީޑަރޝިޕް

  1. ކޯހުގެ ޝަރުޠު އަންގައިދޭ ސްޓާފް ޑިވެލޮޕްމަންޓް ކްރައިޓީރިއާ އަދި ސެލެކްޝަން ކްރައިޓީރިއާ މި އިޢުލާނާއެކު އެޓޭޗްކުރެވިފައި މިޑިޕާޓްމަންޓުގެ ވެބްސައިޓުގައި ވާނެއެވެ. ވީމާ، މިޝަރުޠުތައް ފުރިހަމަވުން.
  2. މިކޯސްތަކަށް ކުރިމަތިލެވޭނީ ހަމައެކަނި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.
  3. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލު ކުރުމަށް އެހީ ލިބުނުފަހުން ތިރީގައިވާ މުއްދަތަށް 27 މާރިޗު 2016 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން.

   ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލު ކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން

   ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއްގެ  ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން

   ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލު ކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1 އަހަރު ޚިދުމަތްކޮށްފައިވުން.

  ރ. އަމިއްލަ ގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރުން ޚިދުމަތް ކުރުމުގެ މިޝަރުޠު ފުރިހަމަވާކަށް ނުޖެހޭނެއެވެ.

4.  ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކައި ޚަލާޞްކޮށްފައިވާ ފަރާތެއްކަމުގައިވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މިއިޢުލާންގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުންނެވެ. މި އުސޫލު މި ޑިޕާޓްމަންޓްގެ ވެބްސައިޓް: www.dhe.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

ޝަރުޠު:

  • ކޯހަށް އެދި ހުށަހަޅާ ތައުލީމީ (ޑިޕްލޮމާ އިން ފެށިގެން މަތީ) ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓް ކޮށްފައިވާ ސެޓުފިކެޓުތަކަކަށް ވާންޖެހޭނެއެވެ. އަދި ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓަކު ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
  • މި ޕްރޮޖެކްޓްގެ ދަށުން ތަމްރީނު ކުރެވޭ ހުރިހާ ފަރާތްތައްވެސް ޓްރެއިނިންގ ކަނޑައެޅިފައިވާ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެކި ސެކްޝަން/ ޑިޕާރޓްމަންޓް/ސްކޫލްތަކަށް ކަނޑައެޅިފައިވާ އުސޫލުން ޚިދުމަތް ކުރުމަށް ބޮންޑް ކުރެވޭނެއެވެ.
  • ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަކޮށްފައިވަނީ އެހެން ކޯހަކުން ކުރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ސެޓުފިކެޓުތައް އަދި ޓްރާންސްކްރިޕްޓްތައް ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓްސް ދެވެން ނޯންނާތީ އެފަރާތުގެ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.
  • އެ ކެންޑިޑޭޓަކު ފުރަތަމަ ޑިގްރީ، ޑިޕްލޮމާ ނުވަތަ އެޑްވާންސްޑް ޑިޕްލޮމާ ހާސިލުކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ ކްރައިޓީރިއާ ޢާންމުކޮށް ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބަލައި ގްރޭޑިންގ ސްކީމާ ތަފާތުނަމަ، ކުރިން ކިޔެވި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅާފައިނުވާނަމަ، ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބަލަމުންގެންދާ އުސޫލުގެ މަތިންނެވެ. މިއާ ގުޅޭ އިތުރު ތަފުސީލު ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ވެބްސައިޓް www.dhe.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި ކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެންނުވާނެއެވެ.
  • މި އިޢުލާންގައި ބަޔާން ކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައި ކުރެވޭ ކެންޑިޑޭޓުން، މިޑިޕާޓްމަންޓްގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)"ގެ ދަށުން ކޮލިފައި ކުރެވިދާނެއެވެ. މިދެންނެވި އުސޫލު މިޑިޕާޓްމަންޓްގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.
  • މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަންގެ ދަށުން ނޮމިނޭޓްވާ ކެންޑިޑޭޓަކު ސްކޮލަރޝިޕް ދޫކޮށްލައިފިނަމަ، "މަތީތަޢުލީމާއި ތަމްރީނަށް ސަރުކާރުގެ އެހީގައި ނުވަތަ ސަރުކާރު މެދުވެރިވެ ސްކޮލަރޝިޕް އެހީއާއި ލޯން އެހީގައި ދާ ފަރާތްތަކުން ފުރުޞަތު ދޫކޮށްލުމުން ނުވަތަ ކޯސް ފުރިހަމަ ނުކުރުމުންފަދަ ސަބަބުތައް މެދުވެރިވުމުން ދަރިވަރުން ބްލެކް ލިސްޓް ކުރުމާބެހޭ އުސޫލު" ގެ ދަށުން ބްލެކްލިސްޓް ކުރެވޭނެއެވެ.
  • މި އިޢުލާނުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށްޓަކައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން އިޢުލާނުގެ ސުންގަޑި ހަމަވުމުގެ 1 ދުވަސް ކުރިން ބޭނުންފުޅުވާ ފަރާތްތަކަށް އެޓެސްޓް ކޮށްދެވޭނެއެވެ.
  • މިކޯހަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ލިސްޓް، ނޮމިނޭޝަން ހެދުމަށްފަހު މިޑިޕާޓްމަންޓްގެ ވެބްސައިޓް: www.dhe.gov އަށް އަޕްލޯޑް ކުރެވޭނެއެވެ.

ނޯޓް:

  • * މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކި ދާއިރާއަކަށް ކަނޑައެޅިފައިވާ ކޯސްތަކަށް މީހުން ހޮވުމުގައި އިސްކަންދޭނީ މި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަށެވެ.
  • * ކޯސް ކަނޑައެޅިފައިވާ ޑިޕާޓްމަންޓް/ޑިވިޜަނެއްގައި މަސައްކަތްކުރާ މުވައްޒަފަކު އެތަނަކަށް ކަނޑައެޅިފައިވާ ކޯހަކަށް ކުރިމަތިލާނަމަ މިފުރުޞަތުގެ ދަށުން ކޯސް ފުރިހަމަކުރުމަށް ވަޒީފާ އަދާކުރާ ޑިޕާޓްމަންޓް/ ޑިވިޜަނުން ދޫކުރާނެ ކަމުގެ ލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ.
  • * މިފުރުޞަތުގެ ދަށުން ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯސް ލިބުނުކަން އަންގާ ދުވަހުން ފެށިން 03 މަސްދުވަހުގެ ތެރޭގައި، ހޮވިފައިވާ ކޯހުގެ ޕްލޭސްމަންޓް ހުށަހަޅާ ކިޔަވަންފަށަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި، މަޤުބޫލު އުޒުރެއްނެތި ކިޔަވަންނުފަށައިފިނަމަ، ލިބިފައިވާ ފުރުޞަތު ބާޠިލުވާނެއެވެ.

އިތުރު މަޢުލޫމާތު:

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ނުވަތަ ލޯފާމަކުން ތައްގަނޑުޖެހި އަސްލު. (އެޓެސްޓެޑް އޮރިޖިނަލް) އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، ސެޓުފިކެޓުގެ އަސްލުގައި ދެފުށް ވާނަމަ، ދެފުށުގެ ލިޔުންތައް ނުނަގައި އެޓެސްޓް ކޮށްފައިވާ ސެޓުފިކެޓުތައް އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭންކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ. (އެޓެސްޓް ކުރަންވާނީ އިނގިރޭސިބަހުންނެވެ.). އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ޑިސްކޮލިފައި ކުރެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ ލޯފާމެއްގެ/އޮފީހެއްގެ ތައްގަނޑާއި ތަނުގެ ނަން، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، އަދި ތާރީޚު އޮންނަންވާނެއެވެ. އެހެންމީހެއްގެ ބަދަލުގައި ނުވަތަ އެހެން މީހެއްގެ ފަރާތުން ކުރާ އެޓެސްޓޭޝަންތައް ވެސް  ހުންނަންވާނީ މި ފަދައިންނެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
  • ޚިދުމަތުގެ ރެކޯޑަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާތީ ޚިދުމަތްކޮށްފައިވާ މުއްދަތު ތަފުސީލުކޮށް އެނގޭނޭ ލިޔުންތައް ހުށަހަޅަންވާނެއެވެ. އަދި މިހާރު ޚިދުމަތް ކުރަމުންދާ ކަމުގެލިޔުން ހުށަހަޅަން ވާނެއެވެ.
  • މީގެ އިތުރުން ސްޓާފް ޑިވެލޮޕްމަންޓްގެ ޝަރުޠު ފުރިހަމަވުމަށް އިތުރު ލިޔެކިޔުމެއް ހުށަހަޅަންޖެހޭނަމަ އެ ލިޔުމެއް.
  • މިފުރުޞަތުގެ ދަށުން ކޯސް ފުރިހަމަކުރުމަށްޓަކައި މިހާރު ވަޒީފާ އަދާކުރާ ޑިޕާޓްމަންޓް/ ޑިވިޜަނުން ދޫކުރާނެ ކަމުގެ ލިޔުން.
  • ކޯސް ކަނޑައެޅިފައިވާ ޑިޕާޓްމަންޓް/ ޑިވިޜަނަށް ޚިދުމަތް ކުރުމަށް އެއްބަސްވާކަމުގެ ލިޔުން.
  • ހާސިލުކޮށްފައިވާ މަތީ ތަޢުލީމުގެ ހުރިހާ ސެޓުފިކެޓުތަކެއްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ނުވަތަ ލޯފާމަކުން ތައްގަނޑުޖެހި އަސްލު.
  • އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުމަށްފަހު ޝަރުޠު ނަންބަރު 3 ގައި ބަޔާންކޮށްފައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން، ޚިދުމަތްކުރި މުއްދަތު ބަޔާންކޮށް އެ ފަރާތުން ޚިދުމަތްކުރަމުންދިޔަ އޮފީހަކުން ނުވަތަ ޚިދުމަތްކުރަމުންދާ އޮފީހަކުން ދީފައިވާ ލިޔުން.
  • ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ޑިސްކޮލިފައި ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 27 މާރިޗު 2016 (އާދީއްތަ) ދުވަހުގެ 13:30 ގެ ކުރިން މި ޑިޕާރޓްމަންޓްގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް އެޕްލިކޭޝަންފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މިޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ.

ކޯހަށް އެދޭ ފޯމު ހެނދުނު 8:30 އިން 14:00 އަށް ވެލާނާގޭގެ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރުންނާއި މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.dhe.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341373 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

21 މާރިޗު 2016