ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MRDC/IFB/2016/06
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 11:44
ސުންގަޑި: 28 މާރިޗު 2016 11:00
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ދޮންވެލި ސަޕްލައިކުރުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ދޮންވެލި ސަޕްލައިކުރުން

މި ކޯޕަރޭޝަންގެ ޕްރޮޑަކްޝަން ފެސިލިޓީއަށް ބޭނުންވާ ދޮންވެލި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: MRDC/IFB/2015/41 (18 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން އަގު ހުށަހެޅުއްވި ހުރިހާ ފަރާތްތަކުން އެއްއުސޫލެއްގެ މަތިން އަގު ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 28 މާރިޗު 2016 ވާ (ހޯމަ) ދުވަހުގެ 11:00 އަށް މިކޯޕަރޭޝަންގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 31 މާރިޗު 2016 ވާ (ބުރާސްފަތި) ދުވަހުގެ 11:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. އަދި ބީލަން ހުށަހަޅަންވާނީވެސް މިއެޑްރެހަށެވެ.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

ބްލޮކް ނަންބަރު 385، މާފަތްތަކުރުފާނުމަގު

ޕޯސްޓަލްކޯޑް: 20386

މާލެ، ދިވެހިރާއްޖެ

ފޯން ނަންބަރު: 9603320657+ ، 9609911606+

ފެކްސް ނަންބަރު: 9603317133+

13 ޖުމާދަލްއާޚިރާ 1437

22 މާރިޗު 2016