މަޤާމު
|
ކްލިނިކަލް ނަރސް
|
ބޭނުންވާ އަދަދު
|
02
|
މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ރޭންކް: MS3
|
މުސާރަ
|
މަހަކު -/7035 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2500 ރުފިޔާ
|
ރިސްކް އެލަވަންސް:
|
-/100 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)
|
ޑިޕާޓްމަންޓް / ސެކްޝަން
|
ނަރސިންގ ޑިޕާޓްމަންޓް
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ވޯޑެއް ހިންގުމުގައި އެކަށީގެންވާ ގޮތަށް ނާރސިންގ ކެއަރ ދެވޭނޭ ފަދަ އިންތިޒާމުތައް ރޭވުން. ބަލިމީހުންނަށް ނަރސިންގ ކެއަރ ދިނުމާއި، އަދި މިކަމުގައި އިޙުސާންތެރިކަމާއެކު އެމީހުންގެ ޖިސްމާނީ ނަފުސާނީ އަދި އިޖުތިމާއީ ބޭނުންތަކަށް ރައްކާތެރިވުން.
- ބަލިމީހުންނަށް ދިމާވާ އާދަޔާ ޚިލާފު ކަންތައްތައް ޑޮކްޓަރުންނަށް ރިޕޯޓްކުރުމާއި އަދި ރިފަރކޮށްފައިތިބޭ މީހުން އެޑޮކްޓަރަކަށް އެންގުން.
- ޑޮކްޓަރުންގެ ލަފާގެ މަތިން ބަލިމީހުންނަށް ދެވޭ ފަރުވާ ރިހެބިލިޓޭޝަނާ ބެހޭގޮތުން އެމީހުންނަށް މަޢުލޫމާތުދިނުން.
- ދިމާވާ އިމަރޖެންސީތައް ވަގުތުން ކަމާބެހޭ ޑޮކްޓަރުންނަށް އެންގުމާއި، ޑޮކްޓަރުން އަންނަންދެން އެފަދަ އިމަރޖެންސީތައް މެނޭޖްކުރުން.
- ބަލިމީހުންނާބެހޭ ކަންތައްތަކުގައި ޑޮކްޓަރުންނާއި އަދި ހޮސްޕިޓަލުގެ ލެބޯރެޓަރީ، އެކްސްރޭ ފަދަ އެހެނިހެން ޑިޕާޓްމަންޓްތަކާ ދެމެދު މުއާޞަލާތު ކުރުން.
- ރަސްމީގަޑި ނޫން އެހެން ވަގުތުތަކުގައި ހޮސްޕިޓަލުގައި ދިމާވާ މައްސަލަތަކުގެ ތެރެއިން ނަރސިންގއާ ގުޅޭ މައްސަލަތައް ޙައްލުކުރުމާއި އެކަންކަން ކޯޑިނޭޓަރަށް އެންގުން.
- ފެކަލްޓީ އޮފް ހެލްތް ސައިންސަސްއިން ހިންގަވާ ޓްރޭނިންގ ޕްރޮގްރާމްތަކުގެ ޢަމަލީބައިގެ ތެރެއިން ހޮސްޕިޓަލުގައި ހިންގާ ބައިތައް ސްޕަވައިޒްކުރުން.
|
ތަޢުލީމާއި ތަޖުރިބާ:
|
- ނަރސިންގ ދާއިރާއިން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ
- ސީނިއަރ ރެޖިސްޓަރޑް ނަރސްއެއްގެ ގޮތުގައި 4 އަހަރުދުވަހުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. އަދި
- ޕަރފޯމަންސް އެޕްރައިސަލްގެ ފާއިތުވި 4 އަހަރުގެ އެވްރެޖް %80 ވުރެ މަތި ހާސިލުކޮށްފައިވުން. އަދި
- މަސައްކަތުގެ ޒިންމާ އުފުލަން އެނގުމާއެކު ގަވާއިދުތަކަށް ފަރުވާ ބެހެއްޓުން. އަދި
- އަޚުލާޤީ (ޑިސިޕްލިން) އާއި މެޑިކަލް ނެގްލިޖެންސްގެ އެއްވެސް މައްސަލައެއް ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ރެކޯޑު ކުރެވިފައި ނެތުން.
|
މިމަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
- ހާސިލުކޮށްްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
(މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ އިންޓަރވިއުއަށް ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރުމަށްފަހުގައެވެ.)
|
ހުށަހަޅަންޖެހޭ ލިޔުންތައްް
|
- އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ.)
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް ސެޓުފިކެޓުގެ ކޮޕީ
- ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
- ލެވެލް ކަނޑައެޅިފައިވާ ސެޓުފިކެޓު ބޭނުންވާ މަޤާމުތަކަށް ހުށަހަޅުއްވާއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިއެޓްކޮށްފައިވާ ސެޓުފިކެޓު ހުށަހަޅުއްވަންވާނެއެވެ.
- މުއްދަތު ހަމަނުވާ ނަރސިންގ ރެޖިސްޓްރޭޝަން، ލައިސަންސް ކޮޕީ
- ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ނިމުނުކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންގެ އެސެސްމަންޓް ރިޕޯޓް އަދި ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި ގުޅޭނެ ފޯން ނަންބަރު އޮންނަންވާނެއެވެ.)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.
ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
|
ޢިނާޔަތްތައް
|
ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ސުންގަޑި
|
2016 އެޕްރީލް 04 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް
އަދި 2016 އެޕްރީލް 04 ވާ ހޯމަ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.
|
ފޯމް ބަލައިގަތުމާއި ދޫކުރުން
|
ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން 13:30 އަށް މިހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓިވް ކައުންޓަރުން ލިބެން ހުންނާނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3335234 އެވެ.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
2016 ވަނަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި
|
11 ޖުމާދަލްއާޚިރާ 1437
|