މަސައްކަތް
ނަންބަރު: (IUL)13-K1/13/2016/45
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 10:54
ސުންގަޑި: 17 އޭޕްރިލް 2016 13:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
8 ރަަށެއްގައި ސްޕޯޓްސް އެރީނާގެ މަސައްކަތް - ޔޫތު ޕެކޭޖް 2 (ގއ. އަދި ގދ. އަތޮޅުގެ ރަށްތައް)

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 1.      މިނިސްޓްރީ އޮފް ޔޫތު އެންޑް އެންޑް ސްޕޯޓްސްގެ ބޭނުމަށް، މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި މިނިސްޓްރީގެ ނަންބަރު (IUL)13-K1/13/2016/26 އިޢުލާނުގައިވާ ބައެއް މަސައްކަތްތަކުގެ ސްކޯޕަށް ބަދަލުއައިސްފައިވާތީ އެއިޢުލާން ބާޠިލު ކުރުމަށްފަހު މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

މަސައްކަތް

ޕްރޮޖެކްޓުގެ ނަންބަރު

ބިޑް ސެކިޔުރިޓީގެ އަދަދު

ގދ. ނަޑެއްލާ ސްޕޯޓްސް އެރީނާ (ފުޓްސަލް ގްރައުންޑް، ވޮލީބޯލްކޯޓް އަދި ބަށިކޯޓް)

TES/2016/W-40

20,000/-ރ

ގދ. ރަތަފަންދޫ ސްޕޯޓްސް އެރީނާ (ފުޓްސަލް ގްރައުންޑް، ވޮލީބޯލްކޯޓް އަދި ބަށިކޯޓް)

TES/2016/W-39

20,000/-ރ

ގދ. ހޯޑެއްދޫ ސްޕޯޓްސް އެރީނާ (ފުޓްސަލް ގްރައުންޑް، ވޮލީބޯލްކޯޓް އަދި ބަށިކޯޓް)

TES/2016/W-38

20,000/-ރ

ގދ. ފިޔޯރީ ސްޕޯޓްސް އެރީނާ (ވޮލީބޯލްކޯޓް އަދި ބަށިކޯޓް)

TES/2016/W-44

5,000./-ރ

ގއ. މާމެންދޫ ސްޕޯޓްސް އެރީނާ (ފުޓްސަލް ގްރައުންޑް، ވޮލީބޯލްކޯޓް)

TES/2016/W-37

20,000/-ރ

ގއ. ގެމަނަފުށި ސްޕޯޓްސް އެރީނާ (ފުޓްސަލް ގްރައުންޑް އަދި ބަށިކޯޓް) TES/2016/W-36 17,000/-ރ

ގއ. ދެއްވަދޫ ސްޕޯޓްސް އެރީނާ (ފުޓްސަލް ގްރައުންޑް، ވޮލީބޯލްކޯޓް އަދި ބަށިކޯޓް)

TES/2016/W-34

20,000/-ރ

ގދ. ތިނަދޫ ސްޕޯޓްސް އެރީނާ (ބަށިކޯޓް2  )

TES/2016/W-35

5,000/-ރ

2.   ބީލަން ހުށަހަޅާއިރު ތާވަލުގައި ހިމެނޭ ހުރިހާ މަސައްކަތްތަކަށް އަގު ހުށަހަޅަން ވާނެއެވެ.

 

3.      މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ގްރޭޑްތަކުގެ ތެރެއިން ކޮންމެވެސް އެއް ގްރޭޑަކަށް ޝަރުޠު ހަމަވާ ފަރާތްތަކަށެވެ.

 GC01-2,GC01-1އަދި GC01-3

4.      މިބީލަމުގައި ބައިވެރިވުމަށް -/1500 (ފަނަރަސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 23 މާރިޗު 2016 އިން 17އެޕްރިލް 2016 އަށް،ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މި މިނިސްޓްރީންނެވެ. ބީލަންފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

5.      ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކައި ޚަލާޞް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ބީލަމާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް ބަންދުނޫން 10 (ދިހައެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

6.      ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ މަތީގައިވާ ތާވަލުގައިވާ އަދަދަށް ކޮންމެ މަސައްކަތަކަށް ވަކިންހުށަހަޅަންޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ % 5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

7.      މި ޕްރޮޖެކްޓުތަކުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 07 އެޕްރީލް 2016  ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި،މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2016 އެޕްރީލް 11 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

8.     ބީލަން ހުޅުވުން އޮންނާނީ 18 އެޕްރިލް 2016 ވާ ހޯމަ ދުވަހުގެ 10:00ގައި މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ.  ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

9.      އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން: 3349102    3349106

ފެކްސް: 3320706    3324432

އީމެއިލް: [email protected]

ކޮޕީ: [email protected]

22 މާރިޗު 2016