މަސައްކަތް
ނަންބަރު: (IUL)30-G/1/2016/10
ޕަބްލިޝްކުރި ތާރީޚް: 23 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 09:20
ސުންގަޑި: 07 އޭޕްރިލް 2016 10:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މެރިކަލްޗަރ ޑިވެލޮޕްމަންޓް އެންޓަރޕްރައިސަސް ޕްރޮގްރާމްގެ ދަށުން ހަދާ އެކުއަޓިކް އެނިމަލް ކަރަންޓީން ފެސިލިޓީއާ ގުޅޭ

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ފަރާތުން ހުޅުލޭގައި ޤާއިމުކުރާ އެކުއަޓިކް އެނިމަލް ކަރަންޓީން ފެސިލިޓީގެ އީ.އައި.އޭ، އެންވަޔަރަންމަންޓަލް ޕްރޮޓެކްސަން އެޖެންސީގެ ގަވާއިދުތަކާއި، ގައިޑްލައިންތަކާއި، އަދި އެފަރާތުން ދޭ ޓާރމްސް އޮފް ރިފަރެންސާ އެއްގޮތަށް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަންތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މާރިޗު 31 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ހ.ވައިޓްވޭވްސް، މޫންލައިޓް ހިނގުން، މެރިން ރިސަރޗް ސެންޓަރ ހުންނަ އިމާރާތް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އެޕްރީލް 07 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓަށް ވަޑައިގެން ދެއްވުން އެދެމެވެ. އަންދާސީހިސާބު ހުޅުވޭނީ ހާޒިރުވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައި ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓްގައެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ދަންނަވާފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

23 މާރިޗު 2016