ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)7-ADMN/1/2016/23
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 29 މާރިޗު 2016 14:30
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ފަޔަރވޯލް ލައިސަންސް އައުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އޮފީހުން ޗެކްޕޮއިންޓް ފަޔަރވޯލްގެ ލައިސަންސް އައުކުރުމަށް ކުރި، މި އޮފީހުގެ ނަންބަރު ADMN/1/2016/22-ފ7(IUL) (15 މާރިޗު 2016) އިޢުލާނާ ގުޅިގެން ތިންފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތްކޮށްދެއްވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ފަޔަރވޯލް: Check Point 4400 NGTP Applicance

ޕާޓް ނަންބަރު

ލައިސަންސްގެ މުއްދަތު

CPSB-NGTP-4400

1 އަހަރު

CPCES-CO-STANDARD-ADD

1 އަހަރު

މަސައްކަތް ހަވާލުކުރެވޭނީ އެންމެ އަގުހެޔޮކޮށް ލައިސަންސް ފޯރުކޮށްދޭން ހުށަހަޅުއްވާ ފަރާތަށެވެ.

ވީމާ، މިތަކެތި ވިއްކެވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން 29 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 14:30 އަށް މިއޮފީހަށް އަގު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 10:00 ން 14:00 އާ ދެމެދު 3348228، 3348227 އަދި 3348274 ނަންބަރު ފޯނާއެވެ.

22 މާރިޗު 2016